ads
ކިނބޫ ފުޓުބޯޅަ ކުޅުންތެރިއާ މަރާލުން
ކިނބުލެއް ކޮސްޓަރިކާގެ ފުޓުބޯޅަ ކުޅުންތެރިއަކު މަރާލައިފި
ކޮސްޓަރިކާގެ ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޖެސޫސް ލޮޕެޒް (ޗުޗޯ) އޮޓިޒް ސަންޓާ ކްރޫޒްގެ ކަނާސް ކޯރަށް ފުންމާލިތަނުން ކިނބުލެއް އެނާ ގައިގައި ދަތް އަޅައި މަރާލައިފިއެވެ.
Advertisement

މިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި އުމުރުން 29 އަހަރުގެ ޒުވާނާގެ ހަށިގަނޑު ފަހުން ފުލުހުން ވަނީ ހޯދާފައެވެ. ކިނބޫ ވެސް ވަނީ ބަޑިޖަހައި މަރާލާފައެވެ.

އެ ހަމަލާ ބަލަންތިބި މީހުން ވަނީ ވީޑިއޯ ނަގާފައެވެ. އެ ފޫޓޭޖް ވަރަށް އަވަހަށް ވައިރަލް ވެގެން ދިޔައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ކިނބޫ އޮރްޓިޒްގެ ހަށިގަނޑު ހިފައިން ފަތާފައި ދުރަށް ދާ މަންޒަރު ފެނެއެވެ. މިހަމަލާއަކީ ކިނބޫ ގިނަ ފެނުގައި ފަތާ އުޅުމުގެ ނުރައްކާތެރިކަން ހަނދާންކޮދޭ ކަމެކެވެ. 

އޮރްޓިޒް އަކީ ލޯކަލް އޭރިއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. މަރަކީ އެ ގައުމު މީހުންނަށް ލިބުނު ޝޮކެކެވެ.

އޭނާ ކުޅުނީ ޑިޕޯޓިވޯ ރިއޯ ކަނާސް ފުޓްބޯޅަ ކްލަބަށެވެ. އޭނާ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާ މަރުވިއިރު އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަތިއްބެވެ.

މި ހަމަލާއަކީ ކޮސްޓަރިކާގައި ކިނބުލުގެ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާ އެވެ. 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު މަޓިނާ ކޯރަށް ވެއްޓުނު 8 އަހަރުގެ ކުއްޖަކު ބޯ ކިނބުލެއް ކަނޑާލައިފިވެއެވެ. 

20%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް