މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ސައިކަލުތަކުގައި ދުއްވާފައި އައި ބައެއްގެ އުދައެރުުމުގެ ސަބަބުން ވެއްޓޭ މަންޒަރުފެނެއެވެ.
އެ ވީޑިއޯއިން ހަ ވަަރަކަށް މީހުން ސައިކަލުތަކާއެކު ރާޅުގެ ފޮނަގަނޑުގައި ޖެހި ވެއްޓޭ މަންޒަރު ފެނެއެވެ.
އެ ވަގުތު ޓްރެފިކް ބަލަހައްޓަމުން ދިޔަ ފުލުސް މީހާވެސް ވަނީ ރާޅުގައި ޖެހި އަރިއަޅާލާފައެވެ.
ވެއްޓުނު މީހުންނަށް މާބޮޑެތި އަނިޔާތަކެއް ލިބުކަމަކަށް ވީޑިއޯއަކުން ނުފެނެެވެ.