ads
ވޯޓްލާ މަރުކަޒެއްގައި އީސީގެ މުވައްޒަފުން: ފައިލް ފޮޓޯ
ރީ ރެޖިސްޓްރޭޝަން މުއްދަތު މިރޭ 10 އިތުރުކޮށްފި
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލި ފުރުސަތު މިރޭ 10 އަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ނިންމާފައި އޮތީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވާ ގޮތަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މިއަދަކީ ރީ-ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ދުވަސް ކަމަށާއި މިރޭ 10 ޖަހަން ދެން ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހިނގަމުންދާނެ ކަމަށެވެ.

އިންތިހާބަށް މިހާރު ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމު މެދުވެރިކޮށެވެ. އޮންލައިންކޮށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ވަނީ ހަމަވެފައެވެ.

ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމް، އިލެކްޝަންސް ކޮމިޝަނަށް ނޫނީ ފޯކަލް ޕޮއިންޓަކަށް ހުށަހަޅައިގެންނެވެ.

އިންތިހާބަށް ރީ-ރަޖިސްޓަރީ ވާން ހުޅުވާލިޔަސް، މާލޭގައި ވޯޓުލުމަށް މީގެ ކުރިން ރަޖިސްޓަރީ ވެފައިވާ މީހުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެއެވެ. އެކަމަކު، މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އެމްޑީޕީން ވަނީ ރީ-ރަޖިސްޓްރީ ކުރަން ބޭނުންވާ މީހުންނަށް އެހީތެރިވެ ދިނުމަށް ނިންމައިފައެވެ. އެގޮތުން މާލޭގައި ހުންނަ ދަނޑިކޮށި ޖަގަހަ އާއި ސޯސަން ޖަގަހަ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ޖަގަހައިން ރީ ރަޖިސްޓްރޭޝަނަށް އެހީތެރިވެދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް