ads
ރައީސް ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް
ޔާމީނަށް ވާދަ ނުކުރެވޭނެ ނަމަ، އެންމެ ފައިދާ ބޮޑީ އިބޫ ހޮވުން!
ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތެއްގައި ޕީޕީއެމްގެ ފަރާތުން ރައީސް އިބޫއާ ވާދަ ކުރަން ޑރ މުއިއްޒު ނެރޭކަށް ރައީސް ޔާމީން ބޭނުން ފުޅެއް ނޫނެވެ. ރައީސް ޔާމީން ނޫން ކެންޑިޑޭޓެއް ނުނެރެ ވަގުތު އެއްކޮށް ހުސްކޮށްލެއްވީ ހުދު ރައީސް ޔާމީނެވެ. ފަހުވަގުތު ސުޕްރީމް ކޯޓުގައި އެވިދާޅުވީ އިތުރު ކެންޑިޑޭޓެއް ނެރުމުގެ ފުރްޞަތު ޕީޕީއެމަށް ދެއްވުމަށެވެ. އެއިން ޕީޕީއެމް މެމްބަރުން ނަށް އެދެއްވި މެސެޖަކީ މުއިއްޒަކީ ޕީޕީއެމް މެމްބަރުން ވޯޓްލާން ޖެހޭ އެޕާރޓީގެ ކެންޑިޑޭޓް ނޫން ކަމުގެ މެސެޖެވެ.
Advertisement

ރައީސް ޔާމީން  ބޭނުން ފުޅުނަމަ ސުޕްރީމް ކޯޓްގެ ހުކުމް އަންނަން ކުޑަތަން ވެފައި ވަނިކޮށް ޑރ މުއިއްޒު ޕީޕީއެމްގެ ނައިބު ކަމުގައި ހުންނަވަނި ކޮށް ޕާޓީން ބޭރުކުރެއްވުމަށްފަހު، ހަމައެކަނި ނަމެއްގެ ގޮތުގައި އޮންނަ ކުޑަކުޑަ ޕީއެންސީ ކިޔާ ޕާޓީއަކަށް މުއިއްޒު ބަދަލެއް ނުކުރެއްވީހެވެ. ހަގީގަތުގައި ރައީސް ޔާމީން އެކުރެއްވި ކަމަކީ ވޯޓަށް ވީހާ ވަގުތު ކުޑަކޮށްފައި މުއިއްޒު ޕީޕީއެމުން ބޭރު ކުރެއްވީއެވެ

ރައީސް ޔާމީންގެ ދުރު ވިސްނުންފުޅު ކިތަންމެ ހާވެސް ތޫނެވެ. މިވީގޮތުން، މިއަހަރުގެ ރިޔާސީ އިންތިޚާބް ގައި  ރައީސް ޔާމީނަށް ވާދަ ނުކުރެއްވުނަސް ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނުނެރިއްޖެ ނަމަ، އެމަނިކުފާނަކީ ރާއްޖޭގެ އިދިކޮޅު ލީޑަރެވެ. މިއަދުވެސް އަދި މާދަން ވެސް އަދި ވީ ކޮންމެ ތަނެއްގައި ރައީސް  ޔާމީނަކީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން މިއަހަރު ދެއްކި ރިޔާސީ ކެންޑިޑޭޓެވެ. އިދިކޮޅު ލީޑަރ ޖަލުގައި ބެހެއްޓުމަކީ އެއްވެސް ގައުމެއްގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ

ރައީސް ޔާމީންގެ ބަދަލުގައި ޕީޕީއެމްގެ ޓިކެޓް ޑރ މުއިއްޒަށް ނުދެއްވުމަކީ ރައީސް ޔާމީނާ ޕީޕީއެމްގެ ސިޔާސީ ކުރިމަގު އަލިކުރަން މިވަގުތަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅެވެ. ޕީޕީއެމްގެ ޓިކެޓް މުއިއްޒަށް ދެއްވި ނަމަވެސް  އިންތިޚާބް ގެއްލި ރައީސް އިބޫ ދެވަނަ ދައުރަށް ހޮވި ވަޑައިގަންނަވާ އިރު ޖަލުގައި އޮންނަވާނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއް ނޫނެވެ. އޭރުން ޖަލުގައި އޮންނަވާނީ ޖިނާއީ ހުކުމަކުން ޝަރުތު ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ގައިދީއެކެވެ. އެއީ އަމުދުން އިދިކޮޅު ޕާޓީގެ ޓިކެޓްވެސް ފަހުވަގުތު އަތުލި ބޭފުޅަކަށް އޭރު އޮންނާނީ  ވެފައެވެ

ޕީޕީއެމްގެ ނައިބުގެ ގޮތުގައި ހުންނަވައިގެން ރިޔާސީ ޓިކެޓް ހޯއްދަވަން ޑރ މުއިއްޒު ގެންގުޅުއްވި ޕްލޭން ރައީސް ޔާމީން ފޭލި ކޮށްލެއްވީ ސަބަބު ތަކެއް ވެސް ހުރީމައެވެ. ލީޑަރ ނެތް ވަގުތު ބައްލަވާފައި ޕީޕީއެމްގެ ޓިކެޓް ހޯއްދަވަން ޕީޕީއެމްގެ ތެރޭގައި ޑރ މުއިއްޒު ހިންގެވި އެކި "ސިޔާސަ" އެޖެންޑާ ތަކުގެ ސަބަބުން މުއިއްޒުގެ އިޚްލާޞްތެރިކަން ރައީސް ޔާމީނާ އަދި ޕީޕީއެމަށް ވެސް ނެތް ކަމަށް ޝައްކު ކުރާނެ ޖާގަ ލިބުނީ އެވެ. އެފަދަ ބޭފުޅަކު ޕީޕީއެމްގެ ޓިކެޓް ހޯއްދަވައިގެން ވެރިކަމަށް ވަޑައިގެންފިނަމަ ދެން ކަންކުރައްވާނެ ގޮތް ރައީސް ޔާމީނަށް އޮޅިވަޑައެއް  ނުގަންނަވާނެއެވެ

ޑރ  މުއިއްޒާ ދެންވެސް އަރިހުގައި އުޅުއްވާ ގިނަ ބޭފުޅުންނަށްވުރެ ރައީސް އިބޫއާ ރައީސް ޔާމީންގެ ގާތްކަމާ ރަހުމަތްތެރިކަމުގެ ތާރީޚް މާދިގެވެ. ރައްޔިތުންގެ މަޖިލީހުން އެކަނިވެސް އެދެބޭފުންގެ މިމާޒީ 25 ނުވަތަ 30 އަހަރަށް ދެމިގެން ދެއެވެ

ރައީސް އިބޫ ނޫން ދެން ވެރިކަމަށް ވަޑައިގެންފާނެ އިދިކޮޅު ކޮންމެ ބޭފުޅެއްގެ ހިތުގައި ރައީސް ޔާމީނާ މެދު އޮތުން ގާތް ރުޅިވެރިކަމާ ނަފްރަތު ރައީސް އިބޫގެ ހިތްޕުޅުގައި ރައީސް ޔާމީނާ މެދު އޮންނަން ޖެހޭ މާބޮޑު ސަބަބެއް އެ ދެބޭފުޅުންގެ ޒާތީ މާޒީގައި ހިނގާފައެއް ނެތެވެ

2023 ވަނަ އަހަރުވެސް ވެރިކަމަށް ވަޑައިގަތުމުގެ ފުރްޞަތު އެންމެ ބޮޑުބޭފުޅަކީ ރައީސް އިބޫކަން ރައީސް ޔާމީން ވެސް ގަބޫލު ކުރައްވާނެއެވެ. ހެޔޮ ކަމެއް ކޮށްދެވުނަސް ކޮށް ދެވޭނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކަށެވެ

ރައީސް އިބޫ ނޫން ދެން ވެރިކަމަށް ފައިނަންގަވާ ކޮންމެ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތަސް އެންމެ އަވަހަށް ކުރައްވާނެ ކަމެއްގެ ގޮތުގައި އަދިވެސް ގަބޫލު ކުރެވެނީ އެންމެ ކަމެކެވެ. އެއީ ވީހާ އަވަހަކަށް ހދ ނޭކުރެންދޫ ޖަލުން 1 ގޮޅި ނިންމާފައި ނަމަވެސް، އެޖަލަށް ރައީސް ޔާމީނު ބަދަލު ކޮށް މާލެއާ ވީހާ ދުރަށް  އެމަނިކުފާނު ފެއަށް ޖެއްސުމެވެ. ނަމަވެސް ރައީސް އިބޫގެ ފަރާތްޕުޅުން ދެން ރައީސް ޔާމީނަށް ވިއްޔާ ވުން ގާތީ ކޮންމެވެސް ރަނގަޅު ގޮތެކެވެ. އަމުދުން ވާދަ ނުކުރެއްވުނަސް ރައީސް ޔާމީނަކީ ރާއްޖޭގެ އިދިކޮޅު ލީޑަރެވެ

އިދިކޮޅު  ކެންޑިޑޭޓްގެ ގެއްލިއްޖެ ނަމަ ރައީސް ޔާމީނާ އަދި ޕީޕީއެމް އަށް ވެސް މިވަގުތު ލިބިފައި އޮތް އެންމެ ބޮޑު އެތި ގެއްލުނީ އެވެ. އަދި ކިއެއްތަ؟ އެޓައިޓްލް ނެތް ނަމަ ދެވަނަ ދައުރުގެ ވެރިކަމުގައި ރައީސް ޞޯލިޙް ރައީސް ޔާމީނާ މެދު ދެކެވަޑައިގަންނަވަން އޮތް ޚާއްޞަ ނަޒަރުން ރައީސް ޔާމީން  މަޙްރޫމްވާނެއެވެ

ސިޔާސީ ނިންމުން ތަކަކީ ވަގުތުގެ އަވާގައި ޖެހިގެން ކުއްލި ކުއްލިއަށް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސިޔާސީ މަސައްކަތަކީ ކެތްތެރިކަމާ ހިކުމަތާ ދުރުވިސްނޭ މީހުންގެ މަސައްކަތެކެވެ. ނޫންނަމަ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑުވެސް ގެއްލިދާނެ އެވެ.

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް