ads
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައިީސް ކާނަލް ނާޒިމްގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އަށް ހުށައޅުން...
ނާޒިމްގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އަށް ހުށައަޅައިފި
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައިީސް ކާނަލް ނާޒިމްގެ ކެންޑިޑެންސީ ފޯމް އިލެކްޝަން ކޮމިޝަން އަށް މިއަދު ހުށައަޅައިފިއެވެ.

ނާޒިމްގެ ފޯމް އިލެކްޝަނަށް ހުށައަޅާފައިވަނީ މިއަދު ހެނދުނު 11 ޖެހިއިރުގައެވެ.

ނާޒިމްގެ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައެޅުމަށް ވަޑައިގެން ރަސްމިއްޔާރުގައި ނާޒިމްގެ ކެމްޕެއިންމެނޭޖަރުގެ އިތުރުން އެޕާޓީގެ އިސްފަރާތްތައްވެސް ވަޑައިގެންފައިވެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެމަނިކުފާނުގެ ކެންޑިޑެންސީ ފޯމުވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވައިފައި ވަނީ މިއަދުއެވެ.

ނާޒިމްގެ ކެންޑިޑެންސީ ފޯމަކީ ރިޔާސީ އިންތިހާބު 2023 ގައި ވާދަކުރެއްވުމަށް އިލެކްޝަން ކޮމިޝަނަށް ހުށައެޅި ތިންވަނަ ފޯމެވެ. އެންމެ ފުރަތަމަ ހުށައަޅާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފޯމެވެ. ނަމަވެސް އެ ފޯމް ގާނޫނީ ގޮތުން ޝަރުތު ހަމަނުވާކަމަށްބުނެ ވަނީ ރިޖެކްޓް ކޮށްފައެވެ.

ދަ ޑިމޮކްރޭޓް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ފޯމް ވެސް މިއަދު ހުށައަޅުއްވާނެ ކަމަށްވެސް އެޕާޓީން ވަނީ  ބުނެފައެވެ. އެގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، ރަނިންމޭޓް ހުސެއިން އަމްރުގެ ފޯމްވެސް މިއަދު ހުށައެޅޭނެ ކަމަށް އެޕާޓީން ބުނެފައިވަނީ މެންދުރު އެއްގަޑި ސުންމިނެޓުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް