މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު 13:30 ގައިއެވެ. އިންތިހާބު ބޮއިކޮޓްކުރަން ވޯޓަށް އަހާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބައްދަލުވުން ބާއްވަން ނިންމާފައިވަނީ ރައީސް އަބްދުﷲ ޔާމިންގެ އެންގެވުމަކަށެވެ.
ބައްދަލުވުމަށް ސެނެޓުގެ ބޭފުޅުން އެއްވަމުން އަންނަކަމަށް މައުލޫމަތު ލިބިއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ ރައީސް އަބްދުﷲ ޔާމިންގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތީ ރަނގަޅަށް ކަމަށް ނިންމާފައެވެ.
މި ހުކުމާ ގުޅިގެން ރައީސް ޔާމިންގެ ރަނިންމޭޓުކަމަށް ހުށަހެޅުއްވި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވެސް ވަނީ "ފައިޓް ހުއްޓާނުލާނެ" ކަމަށް ވިދާޅުވެފައެވެ.