ހަބަރު /

މާލެ ސުކޫލަކަށް ދަރިވަރުން ވަދެގެން ދަނީ...
ސުކޫލު ތަކަށް ބޭނުންވާ ވަރަށް ޓީޗަރުން ހަމަނުވެގެން ޓީޗަރުން ހޯދަނީ
މުސްލިމާ ހަސަން
06 އޯގަސްޓް 2023 - 14:23:25
2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު ސުކޫލުތަކަށް ބޭނުންވާ ވަރަށް ޓީޗަރުން ހަމަނުވާ ކަން ހާމަވެއްޖެއެވެ.
ސުކޫލުތައް ހުޅުވުނުއިރު، ސުކޫލު ތަކަށް ބޭނުންވާ ވަރަށް ޓީޗަރުން ހަމަނުވުމުގެ ސަބަބުން ބައެއް ސުކޫލުތަކުން ޓީޗަރުން ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.
މިގޮތުން ޓީޗަރުން ހޯދުމަށް މިއަދު އިއުލާން ކޮށްފައިވަނީ ޖަމާލުއްދީން ސުކޫލުންނެވެ.
ނަމަވެސް އަދިވެސް ބޮޑެތި ބައެއް ސުކޫލުތަކުގައި ޓީޗަރުން ހަމަވެފައި ނުވާއިރު، ސަލާހުއްދީން ސުކޫލާއި، ހުރަވީ ސުކޫލުގެ އިތުރުން އިއްޒުއްދީން ސުކޫލަށްވެސް ޓީޗަރުން ހަމަވެފައެއް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ސުކޫލް ހުޅުވޭއިރު ސުކޫލްތަކަށް ޓީޗަރުން ހަމަވާނެ ކަމަށެވެ.
ކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް މިނިސްޓްރީ އަށް ތިންފަހަރަކު ގުޅާލުމުން ފޯނު ބިޒީ ކޮށްފައިވާތީ އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް