ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިދިކޮޅު ކޯލިޝަނުގެ ޕީޕީއެމް-ޕީއެންސީ ސެނެޓް އިން މިވަގުތު އަންނަނީ ކުއްލި ބައްދަލުވުމެއް ބާއްވައި އިންތިހާބު ބޮއިކޮޓުކުރުމަށް ވޯޓެއް ނެގުމުގެ މަަސައްކަތް ކުރަމުންނެވެ.
"އިންތިހާބު ބޮއިކޮޓް ކުރުމަކީ ރައީސް ސާލިހަށް އެންމެ ފުރުސަތު ބޮޑު ގޮތް. ޕީޕީއެމް ހުރިހާ ބޭފުޅުން މިކަމަށް އަދި އިތުރަށް ވިސްނެވުމަށް ވަރަށް އެދެން. އުންމީދު ނަގާނުލައްވާ،" ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.
އިދިކޮޅު ސެނެޓަށް އިންތިހާބު ބޮއިކޮޓް ކުރުމުގެ މަސައްކަތް ފަށަން އެންގެވީ ރައީސް އަބްދުﷲ ޔާމިންއެވެ. ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމިން ގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތީ ރަނގަޅަށްކަމަށް މިއަދު ކަނޑައަޅާފައެވެ.