ads
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން. -- ފޮޓޯ: ޕީޕީއެމް
އިދިކޮޅު ބައްދަލުވުމަށް ފުލުހުން ދިޔައީ ޕީޕީއެމް އިން އެދިގެން
ޕީޕީއެން ޕީއެންސީ ކޯލިޝަނުގެ ޖޮއިންޓް ސެނެޓު ކުއްލި ބައްދަލުވުމުގެ ތެރެރަށް ފުލުހުން ވަނީ ޕީޕީއެމުން އެދިގެންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިގޮތުން ޕީޕީއެމްގެ ސެނެޓު ބައްދަލުވުމެއްގެ ތެރެއަށް ޕީޕީއެމް ނޫން ބަޔަކު ވަތްކަމަށް އެ ޕާޓީން ވަނީ ފުލުހުންނަށް ގުޅައި ބުނެފައެވެ. 

މި ބައްދަލުވުމަކީ ރައީސް އަބްދުﷲ ޔާމިން ގެ އެންގެވުމަކަށް އިންތިހާބު ބޮއިކޮޓް ކުރުމަށް ވޯޓެއް ނެގުމަށް ސެނެޓުގައި ބާއްވާ ބައްދަލުވުމެކެވެ. 

އެ ބައްދަލުވުން ކުރިއަށް ދަނިކޮށް ފުލުހުން ޕީޕީއެމް އޮފީސް ތެރެއަށް ވަންނަން އުޅުމުން އޮފީސް ތެރޭގައި ތިބި ބަޔަކު ވަނީ ފުލުހުންނާއި ކުރިމަތިލައި، ފުލުހުން ވަނުމަށް ހުރަސްއަޅާފައެވެ. 

މި ބައްދަލުވުން އަލުން ފަށައިގެން ކުރިއަށް ދާއިރު، މިއަދު 1:30 ގައި ފެށި ބައްދަލުވުން ހޫނުވެ މެދުވެސް ކަނޑައިލިއެވެ. 

މިހާރުވެސް ފުލުހުން އަންނަނީ ޕީޕީއެމް އޮފީސް ދޮށުގައި ފޯރިމަރަމުންނެވެ. 

ސުޕްރީމް ކޯޓުން މިއަދު ވަނީ ރައީސް އަބްދުﷲ ޔާމިންގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށްކަމަށް ނިންމާފައެވެ. 

މިހާރު ކުރިއަށްދާ ޕްރޮގްރެސިވް ކޯލިޝަނުގެ ސެނެޓުގައި މައްސަލަ އުފެދިފައިވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުންނާއި ދެން ތިއްބެވި މެންބަރުންނާއި މެދުކަމަށް މައުލޫމަތު ލިބެއެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް