ads
އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ހައިކޯޓު ދޮށުގައި: ފޮޓޯ ޕީޕީއެމް
އިންތިހާބު ބޮއިކޮޓްކުރަން ބޭއްވި ބައްދަލުވުން ވެސް ހޫނުވެ ހުއްޓިއްޖެ
އިންތިހާބު ބޮއިކޮޓްކުރުމަށް ފާސްކުރުމަށް އިދިކޮޅު ކޯލިޝަންގެ ސެނެޓުގެ ބައްދަލުވުން ހޫނުވެ ހުއްޓުމަކަށް އަތުވެއްޖެއެވެ.

މި ބައްދަލުވުން ހުއްޓުމަކަށް އައީ ޑރ. މުއިއްޒުއަށް ތާއީދު ކުރާ މެންބަރުން ހިތްހަމަނުޖެހި ބަހުގެ ހަމަލާތައް ދެން ތިއްބެވި މެންބަރުންނަށް ދެއްވަން ފެއްޓެވުމުންނެވެ. 

މި ބައްދަލުމަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމިންގެ އެދިލެއްވުމަކަށް ބޭއްވި ބައްދަލުވުމެކެވެ. 

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން އިދިކޮޅު ކޯލިޝަނުގެ ޕީޕީއެމް އަދި ޕީއެންސީ ސެނެޓުގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، މިއަދު ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމިންގެ ކެނޑިޑަސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށްކަމަށް ނިންމާފައެވެ. 

ދަ ޑިމޮކްރެޓްގައި މިވަގުތު ހުންނެވި ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕީޕީއެމްގެ ބޭފުޅުން އިތުރު ވިސްނުމަކަށް ގޮސް އިންތިހާބު ބޮއުކޮޓް ނުކުރުމަށް ގޮވާލާފައެވެ. 

ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިދިކޮޅުން އިންތިހާބު ބޮއިކޮޓްކޮށްފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އިންތިހާބު ފަސޭހައިން ކާމިޔާބުކުރެވޭނެކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް