ads
އިދިކޮޅުން ބޭއްވި ސައިކަލު ބުރެއްގެ ތެރެއިން: ފޮޓޯ ވަގުތު
އިންތިހާބު ބޮއިކޮޓްކުރަން ފާހެއްނުވި
ރައީސް ޔާމިންގެ އެދިލެއްވުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ސެނެޓުގެ ކުއްލި ބައްދަލުވުމުން އިންތިހާބު ބޮއިކޮޓްކުރަން ފާސްނުވެ ބައްދަލުވުން ނިންމާލައިފިއެވެ.

މިގޮތަށް ފާސް ކުރަން ނުފެންނަކަމަށް އެ ސެނެޓުން މިއަދު ނިންމާފައިވާއިރު، ސެނެޓުގެ ބައްދަލުވުން ވަރަށް ހޫނުވެ މެދު ކަނޑާލަންވެސް ޖެހުނެވެ. 

އިންތިހާ ބޮއިކޮޓްކުރަން މަސައްކަތް ފެށުމަށް އަންގަވާފައިވަނީ ރައީސް އަބްދުﷲ ޔާމިންއެވެ. ނަމަވެސް، ޔާމިންގެ ބަދަލުގައި ނެރުމަށް ނިންމާފައިވާ ކެނޑިޑޭޓު ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒުގެ ސަޕޯޓަރުން ވަނީ އިންތިހާބު ބޮއިކޮޓްކުރުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. 

އެ ބައްދަލުވުމުގެ ތެރެއަށް ބަޔަކު ވަދެގަތުމުން ޕީޕީއެމުން ވަނީ ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ފުލުހުންގެ އެހީތެރިކަމާއެކު ދެ ގަޑިއިރެއްހާއިރަށް ކުރިއަށް ގެންދިޔަ ސެނެޓު ބައްދަލުވުން ނިމުނީ އިންތިހާބު ބޮއިކޮޓްކުރަން ފާސްނުވެއެވެ. 

ސުޕްރީމް ކޯޓުން ވަނީ އިލެކްޝަން ކޮމިޝަނުން ރައީސް ޔާމިންގެ ކެނޑިޑަސީ ބަލައިނުގަތީ ރަނގަޅަށްކަމަށް މިއަދު ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް