ads
ސްވިޑެން އާއި އެމެރިކާ ބައްދަލުކުރި މެޗުގެ ތެރެއިން
ވަރުގަދަ އެމެރިކާ ކަޓުވާލާ ސްވިޑެން ކުއާޓާއަށް
އަންހެނުންގެ ފުޓްބޯޅާގައި ވަރުގަދަ އެމެރިކާ ކަޓުވާލުމަށްފަހު ސްވިޑެންއިން އަންހެނުންގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 ގެ މެޗުގައި ސްވިޑެންއާއި އެމެރިކާ ވާދަކުރިއިރު، މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް މޮޅަށް ކުޅުނީ އެމެރިކާ ޓީމުންނެވެ. މެޗު ޑޮމިނޭޓުކޮށް، އިދިކޮޅު ގޯލަށް ބޮޑަށް ނުރައްކާ ކުރީވެސް އެމެރިކާއިންނެވެ. 

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ސްވިޑެންގެ ގޯލަށް އެމެރިކާއިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ސްވިޑެންގެ ކީޕަރު ޒެކީރާ މުސޯވިޗްއެވެ. ޕެނަލްޓީގައި ސްވިޑެން ކުރިހޯދީ 5-4 ންނެވެ.

އެމެރިކާއަކީ އަންހެނުންގެ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. އޭގެ ކުރިން 2011 ވަނަ އަހަރުގެ މުބާރާތުގައި ޖަޕާނުން ތަށި ނެގިއިރު އެމެރިކާ ވަނީ މުބާރާތުގެ ދެވަނަ ހާސިލްކޮށްފައެވެ. 

މިފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޑެން ވާދަކުރަން ޖެހޭނީ ޖަޕާނާއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް