ads
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދެނީ--
ހިމަބިހި ޖެހިގެން އަނެއްކާވެސް މީހަކު ރާއްޖެ އައިސްފި
ހިމިބިހި ޖެހިފައި ހުރި މީހަކު އަނެއްކާވެސް ރާއްޖެ އައިސްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހޮނިހުރު ދުވަހު ހިމަބިހީގެ ކޭސް އެއް އަނެއްކާވެސް ފެނިފައިވާކަމަށެވެ. 

އެމާހާއަށް ވެސް ހިމަބިހި ޖެހިފައިވަނީ ރާއްޖެއިން ބޭރުންކަަމަށް ބެލެވޭކަމަށް، އެޗްޕީއޭއިން ބުނެއެވެ. 

މިދިޔަ ޖުލައި މަހު ފަހުކޮޅުވެސް ރާއްޖެއިން ވަނީ ހިމަ ބިހި ޖެހިފައި ހުރި މީހަކު ފެނިފައެވެ. އެމީހާއަކީ ވެސް ރާއްޖެއިން ބޭރުން ހިމަބިހި ޖެހިގެން ރާއްޖެއައި މީހެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މި ނިމުނު ސްކޫލް ބޮޑު ބަންދުގައި ގިނަބަޔަކު ވަނީ ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައެވެ. 

ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާކަން، އިއުލާނުކޮށްފައިވާ ބައްޔެކެވެ. 

ހިމަބިހީގެ ދެ ކޭސް އެއް ކައިިރިކައިރީގައި ފެނުމާއި ގުޅިގެން އެޗްޕީއޭއިން އަންނަނީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ވެކްސިން ދޭންޖެހޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. 

ހިމަބިހީގެ އަލާމާތްތައް: 

  1. ހުން އައުން
  2. ރަތް ބިހިތަކެއް ނެގުން
  3. ލޯ ރަތްވުން 
  4. އަރިދަފުން ފޭބުން

މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް