ads
ދިޝާ ޕަޓާނީ އަދި އެލެކްސިލިކް
އަހަރެންގެ އާ ބޯއީ ފްރެންޑަކީ އެލެކްސިލިކް: ދިޝާ ޕަޓާނީ
ދިޝާ ޕަޓާނީ ގެ އައު ބޯއީ ފްރެންޑަކީ އެލެގްޒެންޑާ އެލެކްސިލިކް ކަމަށް އޭނާ ބުނެފިއެވެ.

މިއަދު އިންޑިއާގެ މުމްބާއީގައި އެ ދެމީހުން އެކުގައި ކެއުމަކަށް ދިޔަ މަންޒަރު ވަނީ ފެނިފައެވެ. 

ސޯޝަލް މީޑިއާގައި އެނބުރޭ ވީޑިއޯއިން ފެންނަނީ ދިޝާ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި އޭނާގެ ރައްޓެހިންނަށް އެލެގްޒެންޑާ ތައާރަފް ކުރާތަނެވެ. މިއީ ދިޝާ އެލެގްޒެންޑަރާއި އޭނާގެ ގުޅުން އާންމުކޮށް އިއުތިރާފުވި ފުރަތަމަ ފަހަރެވެ.

ދިޝާ އާއި އެލެގްޒެންޑާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެދެމީހުން އެންމެ ފުރަތަމަ އާންމު ތަންތަނުގައި އެކުގައި ފެނިފައިވަނީ 2022 ވަނަ އަހަރު ނަމަވެސް މިހާތަނަށް އެދެމީހުންގެ ގުޅުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެލެގްޒެންޑަރަކީ ސާބިއާގެ ވިޔަފާރިވެރިއެއް އަދި މޮޑެލްއެކެވެ. އޭނާ އަކީ ލަގްޒަރީ ޓްރެވަލް ކުންފުންޏެއްގެ "ބާނީ" ގެ ސީއީއޯ އެވެ. އޭނާ އަކީ ވެސް ފިޓްނަސް އަށް ލޯބިކުރާ މީހެއް ކަމުން ދެމީހުން ވަރަށް ގިނައިން އެކުގައި ކަޝްރަތުކޮށް ހަދައެވެ. 

ފަހަކަށް އައިސް އެ ދެ މީހުން އެކުގައި ގިނަ ވަގުތު ހޭދަކުރަމުންދާއިރު ވަރަށް ގުޅޭ ކަމަށް ފެނެއެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް