ads
މަސައްކަތްތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުން
9 ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލުކޮށްފި
ނުވަ ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވަނީ އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ އާއި އަރިއަތޮޅު ދެކުނުބުރީ މާމިގިލީގެ އިތުރުން، އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުމަށް ހަވާލުކޮށްފައެވެ. މި މަސައްކަތްތައް 125 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. 

މީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ އާއި މިލަދުންމަޑުލު އުތުރުބުރީ ފީވަކު ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރ ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ ލައިކަންސް އިންވެސްޓްމަންޓާއެވެ. މި ދެޕްރޮޖެކްޓް ނިންމުމަށް ދީފައިވަނީ 110 ދުވަހުގެ މުއްދަތެކެވެ. 

އަދި މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހަމައެހެންމެ ހައްދުންމަތީ މާމެންދޫ ފުޓްބޯޅަ ދަނޑާއި ކުޅުދުއްފުށި ސިޓީ ހިރަފުސް ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުމުގެ އިތުރުން، ފުވައްމުލައް ސިޓީ ދޫޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމްކުރުމަށްވެސް މިއަދު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް