ads
އިލްޔާސް ލަބީބު: ފޮޓޯ މަޖިލިސް
ޑިމޮކްރެޓްސްގެ ކެންޑިޑެސީ ފޯމް ރިޖެކްޓްވެ އިސްލާހުކުރަނީ
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރެޓްސްގެ ކެނޑިޑޭޓް އިލްޔާސް ލަބީބުގެ ފޯމުގައި މައްސަލަތަކެއް ހުރުމުން ފާސްނުކޮށް މަޑު ޖައްސާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރައީސް ސޯލިހާއި ނާޒިމުގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން އެ ދެ ބޭފުޅުންވެސް ޝަރުތު ހަމަވާ ބޭފުޅުން ކަމުގައި ބަލައި، ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ.

ރައީސް ސޯލިހް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްއެވެ.

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓު ފާތިމަތު ނިއުމާގެ މައްޗަށް ހުކުމްކޮށްފައި އޮތް ސާބިތު ދަރަންޏެއް ހަލާސްކުރިކަން އެނގެން ނެތުމުން، އިލްޔާސްގެ ކެންޑިޑެސީ ފޯމު  ފާހެއް ނުކުރެވުނެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިލްޔާސްގެ ފޯމު ފާސް ނުކުރެވުނީ ލިޔުމެއް މަދުވެގެން ކަމަށެވެ. އެއީ ކޮން ލިޔުމެއް ކަން ވިދާޅުނުވިޔަސް، އެ މަދުވާ ލިޔުން ގެންނާނެ ކަމަށް ދަ ޑިމޮކްރެޓްސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސްގެ ފޯމުގައި މައްސަލައެއް އުޅޭކަން ކޮމިޝަނުން މިހާރު ވަނީ ޑިމޮކްރެޓްސްއަށް އަންގައިފަ އެވެ. އަދި އެ މައްސަލަ ހައްލު ކުރަން އެ ޕާޓީން މަސައްކަތް ކުރަމުންދާ ކަމަށް އެނގިފައިވެއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މިއަދު 2:00 ގެ ނިޔަލަށެވެ. މިހާރު ފޯމު ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި އެމްއާރްއެމްގެ ފާރިސް މައުމޫނާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ފޯމު އަދި ޕީޕީއެމް /ޕީއެންސީގެ ފޯމް ކޮމިޝަނަށް ވައްދާފައެއްނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް