ads
ރައީސް މީދޫ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވަނީ
ރައީސްް ދ. މީދޫ ގިނަ މަޝްރޫއުތަކެއް އިފްތިތާހުކޮށްދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދ އަތޮޅު މީދޫގެ ފެނަކައިގެ އާ އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، އެރަށުގައި ގާއިމްކޮށްފައިވާ ފެނުގެ ހިދުމަތް އިފްތިތާހްކޮށްދެއްވައިފިއެވެ.

އެމަނިކުފާނު، މީދޫގައި ސަރުކާރުން އިމާރާތްކޮށްދެއްވި ފެނަކަ އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައި އެރަށުގައި ގާއިމްކުރެވުނު ފެނުގެ ހިދުމަތް އިފްތިތާހް ކޮށްދެއްވީ އެމަނިކުފާނު ދ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. 

ފެނަކަ ކޯޕަރޭޝަނުން، މީދޫގައި އިމާރާތްކޮށްފައިވާ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އިމާރާތްތަކެކެވެ.

މީދޫގައި ކުރިން ހިންގަމުން އައި 22 އަހަރުވީ އިންޖީނުގެ ހުރީ ރަށުގައި މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި ކަމަށް ވީނަމަވެސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫއުކެވެ.

މި މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރައްވައިގެންނެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި، މިހާރުވަނީ ފެނުގެ ކަނެކްޝަންތައް ގޭގެއަށް ގުޅައިދީފައެވެ. މިއީ 34 އައިލެންޑްސް ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. 

އަދި މިހާރުވެސް ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުހަލާތަކުގައި ދަނީ ހިންގެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް