ads
އިބްރާހިމް ޝަރީފް، ކެލާދާއިރާގެ މެމްބަރު
ޑރ.މުއިއްޒު އަކީ ޗެލެންޖް އެއް ނޫން: ޝަރީފް
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑ.ރމުހައްމަދު މުއިއްޒުއަކީ ޗެލެންޖް އެއް ނޫންކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ސީއެންއެމް އިތުރުކާފު ޕްރޮގްރާމް ގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވިގޮތުން، ޑރ.މުއިއްޒު އަކީ ގާބިލް އަދި މަގްބޫލު ބޭފުޅެއްކަމަށް ދައްކައިގެން އުޅެނީ ހަމައެކަނި މާލޭގައި އުޅުއްވާ މަދު ބައެއް ކަމަށާއި، އެބޭފުޅާ އަކަށް ރާއްޖޭގެ ރަށްތަކުގެ ތަރުހީބެއް އެއްވެސްގޮތަކަށް ނެތްކަމަށެވެ.

އިތުރަށް މިކަން އޮޅުން ފިލުއްވައިދެމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި މިހާރު އެއްމެ މަގުބޫލު ބޭފުޅަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކަމަށާއި، ދެވަނައަށް އެއްމެ ބޮޑު ތާއީދެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށެވެ. ކަންތައް ދިމާކުރި ގޮތުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ގޮތެއް ނުވުމާއެކު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަރަށް ފަސޭހައިން މިއިންތިހާބު ކާމިޔާބު ކުރައްވާނެއެވެ.

"އެއްގޮތަކަށްވެސް މުއިއްޒުއަކީ އަޅުގަނޑުމެންނަށް އޮތް ތްރެޓެއް ނޫން. މުއިއްޒަކީ ހަމައެކަނި މާލޭގަ އުޅޭ ބަޔަކު، ރާއްޖެތެރޭގައި އުޅޭ ބަޔަކު ދަންނަ ބޭފުޅެއް. މުއިއްޒުގެ ތަޖުރިބާ އެއް ނެތް. ސިޔާސީ ތަޖުރިބާ އެއް ނެތް. ހަގީގަތުގައި މާލޭގެ މޭޔަރު ކަން ލިބިލެއްވީ އެވަގުތު އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން. އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި އޮތް ނުތަނަވަސްކަމަކާއި ހަމަނުޖެހުމެއްގެ ސަބަބުން. އެހެންނަމަވެސް ގިނަ މާލޭ މީހުންނަކީ ވެސް ހަގީގަތުގައި މުއިއްޒު ބަލައިގަންނަ ބައެއް ނޫން. އަޅުގަނޑެއް ނުދަންނަވާނަން ހަމައެކަނި މާލޭގައި އުޅޭ މަދު ބަޔަކު މުއިއްޒަށް ތާއީދުކޮށްފައި ވާހަކަ ދެއްކެވިޔަސް، މުއިއްޒަކީ އަޅުގަނޑުމެންނަށް އޮތް ޗެލެންޖެއް ނޫން"

އަދި ޝަރީފް އުއްމީދުކުރައްވާ ގޮތުން، މިއިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 130،000 އާއި 140،000 ދޭތެރޭގެ އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާކަމަށް ދެކޭކަމަށެވެ.

އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ލިބޭނެކަމުގެ އެއްމެ ބޮޑު އެއް ހެއްކަކަށް ޝަރީފް ދެއްކެވީ ރައީސް ސާލިހުގެ ސަރުކާރުގައި ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރައްވަމުން ގެންދަވާ ގިނަ މަސައްކަތްތައްކަން ފާހަގަ ކުރައްވާ، ޝަރީފް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭފަދަ ގިނަ ތަރައްގީގެ ޕްރޮޖެކްޓައް ރައީސް ސާލިހު ހިންގަވައިފި ކަމަށާއި، އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް، އެމަނިކުފާނުގެ ސަރުކާރުގައި ފަށާ، އަދި އިފްތިތާހު ކުރަމުންދާ ޕްރޮޖެކްޓްތަކަށް ބަލާލުމުން މިކަން ފެނިގެންދާކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަންވެސް ކުރައްވާ ޑރ.މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިލެއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރާއި ވާދަކުރައްވާ 25 ވޯޓު 23 ވޯޓު އިންނެވެ. 

ޕީޕީއެމްގެ ތާއީދު ޑރ.މުއިއްޒަށް ދެއްވުމަށް ރައީސް ޔާމީނު ފުރަތަމަ އިންކާރުކުރެއްވި ނަމަވެސް، ޑރ.މުއިއްޒު އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ވަގުތު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިހާރު ރައީސް ޔާމީނުގެ ތާއީދު ޑރ.މުއިއްޒަށް ލިބިފައިވާކަން ހާމަ ކުރައްވާފައެވެ. އަދި މިހާރު، ޕީޕީއެމްގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ގިނަބޭފުޅުން މިހާރު ގެންދަވަނީ، ޑރ.މުއިއްޒުއަށް ތާއީދުކުރައްވާ، އެބޭފުޅުންގެ ޚިޔާލު ސޯޝަލް މީޑިއާގައި ފާޅު ކުރައްވަމުންނެވެ. އޭގެ ތެރޭގައި، ޕީޕީއެމްގެ ނާއިބު ރައީސް ގައްސާން މައުމޫނުވެސް ހިމެނި ވަޑައިގަންނަވައެވެ.

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް