ads
އިކޮޅު ލީޑަރުން މިއަދު ހައިކޯޓުގައި
ޔާމިންގެ ޝަރީއަތް އަވަސްކުރަން އިދިކޮޅުން ހައިކޯޓަށް ދިޔައިރު މުއިއްޒު ވަޑައެއްނުގަންނަވާ
ރައީސް އަބްދުﷲ ޔާމިންގެ އިސްތިއުނާފުގެ އަޑުއެހުން އަވަސްކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުގެ ލީޑަރުން މިއަދު ހައިކޯޓަށް ވަޑައިގެންނެވިއިރު، ޕީއެންސީގެ ރިޔާސީ ކެޑިޑޭޓު ޑރ. މުއިއްޒު ހައިކޯޓަށް ވަޑައިނުގަންނަވާކަން ހާމަވެއްޖެއެވެ.

މައުލޫމަތު ލިބިފައިވާގޮތުގައި އިދިކޮޅުން ހައި ކޯޓަށް ދިއުމަށް އެދުމުން މުއިއްޒު 'ރެސްޕޯންޑެއް ނުކުރެއްވި' އެވެ. 

ސީއެންއެމްއަށް ލިބިފައިވާ ފޮޓޯތަކުން ވެސް ޑރ. މުއިއްޒު މިއަދު ހައިކޯޑު ދޮށަށް ވަޑައިގެންނެވި މަންޒަރެެއް ނުފެނެއެވެ. 

ޑރ. މުއިއްޒުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ކެނޑިޑަސީ ގަބޫލުކޮށްފައިވާއިރު، މުއިއްޒުއަށް ތާއީދު ކުރަން ޕީޕީއެމުންވެސް ވަނީ ނިންމާފައެވެ. ނަމަވެސް ޕީޕީއެމްގެ ބައެއް އިސްވެރިނާއި ޑރ. މުއިއްޒުގެ ސަޕޯޓަރުންނާމެދު ހިޔާލުތަފާތުވެފައިވާކަން ދާދިފަހުން ވަނީ ހަމަވެފައެވެ.

މުއިއްޒުއާއި ޕީޕީއެމްގެ ބައެއް އިސްވެރިންނާއި 'ޓިއުން ދިމާނުވާކަން' ހާމަވީ ރައީސް އަބްދުﷲ ޔާމިންގެ ކެނޑިޑަސީ ގަބޫލުނުކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ރައީސް ޔާމިންގެ އެދިލެއްވުމަކަށް ޕީޕީއެމް ޕީއެންސީ ސެނެޓުގެ ބައްދަލުވުމުގައި ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރުމުގެ ސަބަބުންނެވެ. ސެނެޓަކަށް ރައީސް ޔާމިން އެދިލެއްވިގޮތަށް އިންތިހާބު ބޮއިކޮޓެއްވެސް ނުކުރެވުނެވެ. 

އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު: 

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ އިތުރު އަޑު އެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހައިކޯޓުން ނިންމާފައިވާ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވަނީ ވިދާޅުވެފައެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފު އަޑު އެހުމެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ޖަމީލް ވިދާޅުވީ، މިއަދު ހައިކޯޓު ކައިރީގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުންނެވެ. 

ބުރާސްފަތި ދުވަހު ޔާމީންގެ މައްސަލައިގެ އިތުރު އަޑު އެހުމެއް ބާއްވާނެ ކަމަށް ހައިކޯޓާ ހަވާލާދީ ޑރ. ޖަމީލް ވިދާޅުވިއިރު، މި މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ މަހެއްހާ ދުވަސް ވެއްޖެއެވެ. މީގެ ކުރިންވަނީ ހަތަރު އަޑު އެހުމެއް ބާއްވާފައެވެ. 

ދެ މައްސަލައެއްގައި 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް ޔާމީންގެ ފަރާތުންވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. 

ޔާމީންގެ މައްޗަށް ހުކުމްކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށިފައިވާއިރު، ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުގައި ޔާމީންގެ ފަރާތުން އެދިވަޑައިގެންފައިވަނީ މި ހަފްތާގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް