ފްރާންސުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ މޮރޯކޯ އާއި ވާދަކޮށް 4-0 ން މެޗު ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ފްރާންސްގެ ޔޫޖެނީ ލެ ސޮމާ ދެލަނޑު ޖެހިއެެވެ. އޭނާގެ އިތުރުން ލަނޑުތައް ޖެހީ ޑިއާނީ އާއި ކެންޒާ ޑާލީއެވެ.
ދެވަނަ ބުރުގެ މެޗުގައި ކޮލަމްބިއާއިން ވާދަކުރީ ޖަމައިކާއާއެވެ. މި މެޗު ކޮލަމްބިއާއިން ކާމިޔާބުކުރީ 1-0 ންނެވެ. ކޮލަމްބިއާ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކަޓަލީނާ އުސްމީއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް މިހާރު ވަނީ ޔަގީންވެފައެވެ. އެގޮތުން ފްރާންސް ކުއާޓާ ފައިނަލުގައި ވާދަކުރަން ޖެހޭނީ މުބާރާތުގެ ކޯ ހޯސްޓް ހޮސްޓްރޭލިއާއާއެވެ. އަދި ކޮލަމްބިއާއަށް ކުއާޓާ ފައިނަލުގައި ޖެހޭނީ އިނގިރޭސިވިލާތާއި ވާދަކުރާށެވެ.