ads
ޓީނޯ ލިވްރަމެންޓޯ
ލިވްރަމެންޓޯ ނިއުކާސަލްއަށް ސޮއިކޮށްފި
ސައުތެމްޓަންގެ ޑިފެންޑަރު ޓީނޯ ލިވްރަމެންޓޯ ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ލިވްރަމެންޓޯ ނިއުކާސަލްއަށް ބަދަލުވީ 32 މިލިއަން ޕައުންޑުގެ އަގަކަށެވެ. ނިއުކާސަލްއާއެކު އޭނާ ހަދާފައިވަނީ ފަސް އަހަރުގެ އެއްބަސްވުމެކެވެ. 

ޗެލްސީގެ ޔޫތު ޓީމަށް ކުޅުމަށްފަހު އިނގިރޭސިވިލާތުގެ ޒުވާން ޑިފެންޑަރު ސައުތެމްޓަންއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އޭރު އޭނާ ސައުތެމްޓަންއަށް ބަދަލުވީ ފަސް މިލިއަން ޕައުންޑަށެވެ. އޭގެ ފަހުން އޭނާ ވަނީ އެޓީމަށް 30 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ. 

ލިވްރަމެންޓޯގެ ސޮއި ހޯދުމަށްފަހު ނިއުކާސަލްގެ ކޯޗު އެޑީ ބުނީ އުމުރުން 20 އަހަރުގެ ޑިފެންޑަރަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާއަށް ކަމުދާ ގިނަ ސިފަތަކެއް ލިވްރަމެންޓޯގެ ކުޅުމުން ފެންނަ ކަމަށެވެ. މި ހުރިހާ ކަމަކާއެކު ނިއުކާސަލްގައި އިތުރަށް ކުރިއަރާ، ގިނަ ކާމިޔާބީތަކެއް ހޯދުމުގެ ފުރުސަތު ލިވްރަމެންޓޯއަށް އޮތްކަން އެޑީ ފާހަގަކުރިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް