އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއެކު މިރޭ ޕީޕީއެމް އޮފީހުގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގައި މުއިއްޒު ވިދާޅުވީ، ރައީސް ޔާމިންގެ ކެނޑިޑަސީ ގަބޫލުނުކުރެވޭނެކަމަށް ސުޕްރީމްކޯޓުން އެންގުމުން، ރައީސް އަބްދުﷲ ޔާމިން ދޫކޮށްލުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ގުޅައި އާދޭސް ދެންނެވިކަމަށެވެ.
"އަޅުގަނޑު އާދޭސްކޮށްފަ ދެންނެވިން ރައީސް ޔާމިން ދޫކޮށްލަދޭން. އާއިލާއަށްވެސް ވަރަށް ބޮޑު އަނިޔާއަކަށް ވެގެން ގޮސްފައިވާކަމަށް. އަޅުގަނޑު ގަބޫލުކުރްން އެއްލައްކައަށްވުރެ ގިނަ މެންބަރުންގެ މި އާދޭސް ރައީސް ސާލިހު ގަބޫލުކުރައްވާނެކަމަށް،" މުއިއްޒު މިރޭ ވިދާޅިވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ ޑރ. މުއިއްޒުއާއި ޕީޕީއެމްގެ އިސް ލީޑަރުންނައި 'ކުނިޖެހިފައި' ވާކަމަށް ވާހަކަ ދެކެވޭ ދަނޑިވަޅެއްގައެވެ.