ads
ރައީސް ސާލިހު ގދ އަތޮޅަށް ކުރައްވާ ދަތުރެގެ ތެރެއިން
ގައްދޫ އާއި ގަން ގުޅާލާނަން: ރައީސް ސާލިހު
ގދ. ގައްދޫއާއި އެރަށް ކައިރީގައި އޮން ފަޅުރަށެއްކަމަށްވާ ގަން ގުޅާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ގައްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ދެ ރަށް ގުޅާލާނީ ދެ ވަނަ ދައުރެއްގައި ކަމަށެވެ. 

"މިރަށާއި ވަރަށް ކައިރީގައި މިއޮތް ގަމާއި ގައްދޫއާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅާލަދޭނަން," -ރައީސް ސާލިހު-

ގައްދޫއަށް ވެލެއްވި އިތުރު ވައުދުތައް: 

ގައްދޫ މަގު ހެދުމުގެ ފޭސް ދޭއް ފަށައި ހުރިހާ މަގެއް ތަރައްގީ ކުރުން

ގައްދޫން 30 ހެކްޓަރުގެ ބިން ހިއްކައި 100 ރޯ ހައުސް އެޅުން

ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އެޅުން

ގައްދޫގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވަނީ އިދިކޮޅު ކެނޑިޑޭޓުންނަށްވެސް ފާޑުވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުން ބޭނުންވަނީ ވެރިކަން ކަމަށެވެ. ނަމަވެސް ވެރިކަމުގައި ހުންނަ ބޭފުޅަކު ބަދަލުކުރަން ބޭނުންނުވާކަމަށެވެ. 

"ބޭނުންވަނީ ވެރިކަން. ވެރިކަމުގަ ހުންނަ މީހާ ބަދަލުކުރާކަށް ނޫން. ވާދަކޮށްގެން ވެރިކަމަށް އާދެވޭތޯ،" - ރައީސް ސާލިހު-

ގދ އަތޮޅަށް އަންގާރަ ދުވަހު ރައީސް ފެއްޓެވި ދަތުރުފުޅު އެމަނިކުފާނު ފެއްޓެވީ މަޑަވެލިންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް