ads
ލޮރެން ޖޭމްސް ނައިޖީރިއާ ކުޅުންތެރިއެއްގެ ގަޔަށް ފައިން އެރުން
ރަތް ކާޑު ހޯދުމަށްފަހު ލޮރެން ޖޭމްސް މާފަށް އެދިއްޖެ
އަންހެނުންގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރަތް ކާޑު ހޯދުމަށްފަހު އިންގްލެންޑުގެ ފޯވާޑް ލޮރެން ޖޭމްސް މާފަށް އެދިއްޖެއެވެ.

ލޮރެންއަށް ރަތް ކާޑު ދެއްކީ ނައިޖީރިއާ އާއި ވާދަކުރި މުބާރާތުގެ ގަދަ 16 ގެ މެޗުގައެވެ. އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ ނައިޖީރިއާގެ ކުޅުންތެރިއެއް ވެއްޓިފައި ވަނިކޮށް އޭނާގެ ގައިމަޗަށް ފައިން އަރާފައެވެ. މިއާއެކު ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު ލޮރެންއަށް ރަތް ކާޑު ދައްކާފައެވެ. 

މެޗަށް ފަހު އޭނާ ބުނީ ކުރެވުނީ ގޯސްކަމެއްކަން ގަބޫލު ކުރާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށެވެ. އަދި ތަޖުރިބާއިން ފިލާވަޅު ލިބިގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ އަމަލެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދިނެވެ. 

ރަތް ކާޑުގެ ސަބަބުން އޭނާއަށް މުބާރާތުގައި ކުރިއަށް އޮތް ކުއާޓާ ފައިނަލް މެޗުގައި ނުކުޅެވޭނެއެވެ. އަދި އިތުރު މެޗުތަކަށް އޭނާ ސަސްޕެންޑު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ލޮރެންއަކީ މިފަހަރުގެ އަންހެނުންގެ ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖު މެޗުތަކުގައި ޖުމްލަ ތިން ލަނޑުޖަހާ، ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް