ads
އާރުޓީއެލް ބަސް ދަތުރުގެ ހިދުމަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން - ފޮޓޯ:އެމްޓީސީސީ
ހިޔާ ފްލެޓު 16 ވަނަ ޓަވަރު ކައިރީގައި އާ ބަސް ހުއްޓިއެއް ގާއިމުކޮށްފި
ހިޔާ ފްލެޓު 16 ވަނަ ޓަވަރު ކައިރީގައި އާ ބަސް ހުއްޓިއެއް ގާއިމުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) ގެ ހިޔާ ސަރަހައްދުގެ 14، 15 އަދި 16 ވަނަ ޓަވަރުގައި ދިރިއުޅޭ ގިނަ ރައްޔިތުންގެ އެދުމަށް ރިއާޔަތްކޮށް، އާބަންކޯގެ އެހީ އާއެކު ހިޔާ ސަރަހައްދުގެ H16 ގައި ބަސް ހުއްޓިއެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އެ ކުންފުނީގެ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R8 ,R7 ,R6 އަދި R9 ގެ ބަސް ރޫޓްގެ ހިދުމަތް މިއަދުން ފެށިގެން H16 ގައި ގާއިމުކޮށްފައިވާ ބަސް ހުއްޓިއަށް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ބަސް ހުއްޓީގެ ސަބަބުން އާރުޓީއެލް ބަހުގެ ހިދުމަތް ހޯދުމުގައި ގިނަ ލުއިފަސޭހަތަކެއް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމުގައެވެ. އެ ކުންފުނިން ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތަކަށާއި އުފެއްދުންތެރި ހިޔާލުތަކަށް ރިއާޔަތްކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އުތުރު ހުޅުމާލެ، ހިޔާ ސަރަހައްދުގެ H16 ކައިރީގައި ގާއިމުކުރި އާ ބަސް ހުއްޓި އާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް