ads
އިލްޔާސް ލަބީބު އައްޑޫ ސިޓީ އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާ ލައްވާ މާލެ ވަޑައިގެން ނޫސްވެރިނަނާއި ބައްދަލުކޮށް ވާހަކަ ދައްކަވަނީ ...
ރިޔާސީ އިންތިހާބުގައި ފުވައްމުލަކުގެ މެޖޯރިޓީ ލިބޭނެ: އިލްޔާސް ލަބީބު
ރިޔާސީ އިންތިހާބުގައި ފުވައްމުލަކުގެ މެޖޯރިޓީ ލިބޭނީ ދަ ޑިމޮކްރޭޓްސް ޕާޓީގެ އަށް ކަމަށް ޑިމޮކްރޭޓްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ފުވަައްމުލަކު ސިޓީ އަށް އެބޭފުޅާ ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައެވެ. 

އެ ސިޓީގައި ކެމްޕޭން ހަރަކާތްތަކެއް ހިނމްގެވުމަށް ފަހު އިލްޔާސް ވިދާޅުވީ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ލިބޭނީ އެންމެ 25 ޕަސެންޓް ވޯޓް ކަމަށެވެ.

އަދި ފުވައްމުލަކުގެ ގިނަ ރައްޔިތުން ތިބީ އާ ޕާޓީ، ޑިމޮރެކްޓްސްއާ އެކީގައި ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިރަށުން އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބިގެންދާނެ. އަދި މި ސަރުކާރަށް މިރަށުގެ ރައްޔިތުން ބުނާ ގޮތުގައި އެންމެ މަދުވެގެން ފަންސަވީހަކަށް ޕަސެންޓަށް ވުރެ އިތުރެއް ނުވާނެ،" އިލްޔާސް ވިދާޅުވި އެވެ.

އަދި އިތުރަށް އިލްޔާސް ވިދާޅުވީ އެބޭފުޅުން އެމްޑީޕީގައި އުޅުނު އިރު އުޅުނު ހުރިހާ އެންމެން ހެން އެބޭފުޅުންނަށް  ތާއީދުކޮށް މަސައްކަތް ކުރާ ކަމަށެވެ. 

ނަމަވެސް އަދިވެސް ފުވަމުލަކުގެ މަދު ބަޔަކު އެމްޑީޕީގައި ތިބި ކަމަށްވެސް އިލްޔާސް ވަނިީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް