ads
އެއްބަސްވުމުގައި ސޮއިކުރުން
ކޮލަމާފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފި
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އަމްލޮގް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދެވެ. އަމްލޮގް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް އަލީ ރުޒާމެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ 551،726.74 (ހަތަރު މިލިއަން ފަސްލައްކަ ފަންސާސް އެއްހާސް ހަތްސަތޭކަ ސައްބީސް ރުފިޔާ ހަތްދިހަ ހަތަރުލާރި) ގެ އަގަކަށެވެ. އެއްބަސްވުމުގައި ވާގޮތުން 120 ދުވަސް ތެރޭގައި މި މަސައްކަތް ނިންމަން ޖެހޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް