ads
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަލްޓި-ސްޕެޝަލްޓީ ހެލްތް ކޭމްޕް މިއަދާއި މާދަމާ ދިއްދޫގައި ކުރިއަށްދާނެ - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕްގެ މަލްޓި-ސްޕެޝަލްޓީ ހެލްތް ކޭމްޕް މިފަހަރު ހއ. ދިއްދޫގައި
ޓްރީ ޓޮޕް ހޮސްޕިޓަލުން މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓި-ސްޕެޝަލްޓީ ހެލްތް ކޭމްޕެއް ހއ. އަތޮޅަށް ހުޅުވާލައިގެން ދިއްދޫ އަތޮޅު ހޮސްޕިޓަލާއި ދިއްދޫ ކައުންސިލާ އެކު މިއަދާއި މާދަމާ ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ހެލްތް ކޭމްޕްގައި އެ ހޮސްޕިޓަލުގެ އޯތޮޕީޑިކްސް ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ޔުރޯލޮޖީ ޑޮކްޓަރު، ޕަލްމޮނޮލޮޖީ ޑޮކްޓަރު، ޑާމަޓޮލޮޖީ ޑޮކްޓަރުގެ އިތުރުން ކާޑިއޮލޮޖީ ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށެވެ.

ބަލިމީހުންނަށް ހެލްތް ސްކްރީނިން ހަދައިދިނުމުގެ އިތުރުން މި ހެލްތް ކޭމްޕްގައި އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ރިފަރަލް ހަމަޖައްސައިދިނުމުގެ ފަސޭހަ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ހެލްތް ކޭމްޕްގެ ހެލްތް ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމުގައެވެ.

ހެލްތް ކޭމްޕްގެ ސިއްހީ މާހިރުންގެ ތެރޭގައި ހިމެނޭ ކޮންސަލްޓެންޓުންނަކީ ކޮންސަލްޓެންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓް ޑރ.އަމިތު އަގަރްވާލް، ކޮންސަލްޓެންޓް ޑާމަޓޮލޮޖިސްޓް ޑރ.އަނޫ އަގަރްވާލް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ.މުހައްމަދު ހަބީބް، ކޮންސަލްޓެންޓް އޮތްތޯޕީޑިކް ޑރ.އަލީ މުޒްނީ، އީއެންޓީ ސްޕެޝިއަލިސްޓް ޑރ.ޗަންދްރަޝޭކަ ރަވާލް، ކޮންސަލްޓެންޓް ޕަލްމޮނޮލޮޖިސްޓް ޑރ.ރަގުލާން ރާޖަލިންގަމް އަދި ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް ޑރ.މެހްމެތު އޮޑަ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް