ads
ޓީޗަރުން ދަރިވަރުންނަށް ކިޔަވައިދެނީ
މުދައްރިސުންނަށް ހައްގުވާ މަތިވެރި ގަދަރާއި އިހްތިރާމް އަދާކުރޭ: ހުތުބާ
މުދައްރިސުންނަށް ހައްގުވާ މަތިވެރި ގަދަރާއި އިހްތިރާމް އަދާކޮށް، އެމީހުންނަކީ ދުނިޔެއާއި އާހިރަތުގައި ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ހުތުބާގައި ބުނެފިއެވެ.
Advertisement

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައި ވަނީ ތައުލީމާއި ތަރުބިއްޔަތުގެ މާތްކަމުގެ މައްޗަށެވެ. 

ހުތުބާގައި ބުނީ ފެށިގެން މިދިޔަ ދިރާސީ އަހަރު ތިޔަކުދީންނަށް އިސްލާމް ދީނާއި ދުނިޔެވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާށެވެ. އަދި ފެދުނިޔޭގެ ހަޔާތަށް ފައިދާހުރި ބޭނުންތެރި ހަރަކާތްތަކުން ކުދީންގެ ހުސް ވަގުތު ފަޅުފިލުވާލާކަމަށެވެ. އަދި ދުނިޔެ އާއި އާހިރަތް ބާއްޖަވެރިކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާބަކަށް ވުމަށް ހުތުބާ ގައި ބުނެފައި ވެއެވެ. 

ނަތީޖާ ދަރިވަރުންނަށް ނެރެވޭނީ މަދަރުސާއާއެކު އެއްބާރު ލައިގެން، މަދަރުސާގެ ގަވާއިދުތަކަށް ބޯލަނބައިގެން ކަމަށް ބުނެފައެވެ. 

އަދި ލޮބުވެތި މުދައްރިސުންނަށް ހައްގުވާ މަތިވެރި ގަދަރާއި އިހްތިރާމް އަދާކޮށް، އެމީހުންނަކީ ދުނިޔެއާއި އާހިރަތުގައި ހެޔޮ މަގަށް އަލިކޮށްދޭ ވޮށްތަކެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ ކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށް ކޮންމެ ދުވަހަކު ކުދިން ސްކޫލަށް ގެންގޮސް ގެނައުމަށް މައިންބަފައިން ކުރައްވާ ބުރަ މަސައްކަތަކީ ޝުކުރު ހައްގު މަސައްކަތެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް