ads
2018 ވަނަ އަހަރުގެ ރިިޔާސީ އިންތިހާބުގައި ވޯޓުލަނީ---ފޮޓޯ:ޕީއެސްއެމް
އިންތިހާބާއި ގުޅޭކޮރަޕްޝަން މައްސަލަތަކަށް ހާއްސަ ޕޯޓަލްއެއް ގާއިމްކޮށްފި
ރިޔާސީ އިންތިހާބާ ގުޅޭ ރިޝްވަތާއި ކޮރަޕްޝަނުގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕޯޓަލްއެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގާއިމްކޮށްފިއެވެ.

އޭސީސީން ބުނީ، މި ޕޯޓަލް މެދުވެރިކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާ ނަމަ އެ މައްސަލައެއް ހުށަހެޅޭނެ ކަމަށެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ މީހާގެ ވަނަވަރު، އެ މީހަކު ބޭނުން ނަމަ ސިއްރުކޮށްދޭނެ އެވެ. ނަމަވެސް، ހުށަހަޅާ މައްސަލައެއްގެ އަޕްޑޭޓް އެ މީހަކަށް ދެމުން ގެންދާނީ ކާކުކަން އެނގޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެކަނި ކަމަށް އޭސީސީން ބުންޏެވެ.

ރިޝްވަތުގެ ކުށްތައް ރިޕޯޓުކުރުމުގައި، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށާއި އޭސީސީގެ އިހުތިސާސްތެރޭގައިވާ މައްސަލަތައް ރިޕޯޓުކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެ އެވެ. އެ މިންގަނޑަށް ނުފެތޭ ނަމަ މައްސަލަ ބަލައެއް ނުގަންނާނެއެވެ.

މައްސަލަ ހުށަހަޅާ ޕޯޓަލްއާ އެކު، އެ ކޮމިޝަނުން ވަނީ އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަންގެ ރިސްކު ކުޑަކުރުމުގެ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ. އޭސީސީން ބުނި ގޮތުގައި މިއީ އިންތިހާބުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާންމުކުރި ގައިޑްލައިނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް