ads
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
ރ. ފައިނުގައި އެއާޕޯޓެއް އަޅައިދޭނަން: ކާނަލް ނާޒިމް
ރ. ފައިނުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރ. ފައިނުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަަމަށް ނާޒިމް ވައުދުވެ، ވަޑައިގެންފައިވަނީ ރ. ދުއާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުނެވެ.

ދުވާފަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމް ވިދާޅުވީ ފައިނުގެ އެއާޕޯޓަކީ އެ ސަރަހައްދަށް ވަރަށް މުހިންމު އެއާޕޯޓެއް ކަމަށާއި، އަދި, އެ ކަން އޭނާގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ރ. ފައިނުގައި އެއާޕޯޓެއް އަޅާ ތިބޭފުޅުންނަށް ހިދުމަތް ދޭނަން،"
ނާޒިމް ވިދާޅުވިއެވެ.

ރ. އަތޮޅަކީ ވަޑާމުގެ ކަންކަން ފުޅާ ދާއިރާއެއްްގައި ކުރާ އަތޮޅެއްކަން ފާހަގަކުރައްވާ، ވަންދޫގައި ބޯޓު ބަނުމަށާއި ކިއްސަރުވަޑާމަށް ހާއްސަ ވަކި ސަރަހައްދެއް ހާއްސަކުރާނެކަމަށް ނާޒިމް ވައުދުވެލެއްވިއެވެ. އަދި އެ ސަރަހައްދަށް އިންވެސްޓްމަންޓް ބޭންކެއް ވެސް ތައާރަފްކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެ ބޭންކު ހާއްސަވާނީ އެ ސަރަހައްދަށް އިންވެސްޓްކުރާ މީހުންނާއި މަސްވެރިންނަށް ކަމަށެވެ.

ނާޒިމް އަކީ ދަނގެތީ ދާއިރާގެ މެންބަރެވެ. އޭނާ ވިދާޅުވީ ދުވާފަރު ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ގާތުން ފެނިއްޖެ ކަމަށާއި މިހާރު ލިބެމުންދާ މިންވަރަކީ ދުވާފަރަށް ހައްގު މިންވަރު ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް