
އަންކިތާ ލޮކަންޑޭ އަދި އޭނާގެ ބައްޕަ ޝަޝިކާންތު ލޮކަންޑޭ
ބައްޕަ މަރުވުމުން އަހަރެން ފުނޑުފުޑުވެއްޖެ: އަންކިތާ ލޮކަންޑޭ
އައިޝަތު ނޫރާ
13 އޯގަސްޓް 2023 - 08:47:21
އުމުރުން 68 އަހަރުގައި އަންކިތާ ލޮކަންޑޭގެ ބައްޕަ ޝަޝިކާންތު ލޮކަންޑޭ މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު މި ހިތާމަވެރި ހަބަރު ލިބުނު އިރު އަދި އޭނާ މަރުވި ސަބަބެއް ސާފެއް ނުވެއެވެ.
އަންކިތާ ލޮކަންޑޭ ވަނީ އޭނާގެ ބައްޕަ މަރުވި ހަބަރު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައެވެ. ބައްޕަގެ ފޮޓޯއެއް ޕޯސްޓްކޮށް ހިތުގެ މެސެޖެއް ލިޔެފައި ވަނީ ބައްޕަގެ މަރުގެ ސަބަބުން އޭނާ "ފުނޑުފުނޑުވެފައިވާ" ކަމަށެވެ. އަދި ފޭނުންނަށް ލިބުނު އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރިއެވެ.
ޝަޝިކާންތު ލޮކަންޑޭ އަކީ ވިޔަފާރިވެރިއެއްގެ އިތުރުން އަންކިތާ ލޮކަންޑޭއަށް ވަރަށް މުހިންމު ޝަހުޝިއްޔަތެކެވެ. އަމިއްލަ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ވެސް އޭނާ އަބަދުވެސް ދަރިފުޅަށް އެހީތެރިވެއެވެ.
އަންކިތާ ލޮކަންޑޭގެ ބައްޕަ މަރުވުމަކީ އޭނާއަށާއި އޭނާގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ.
60%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް