މިއީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
ސަނީ އަދި ބޮބީ އަކީ އެއްބަނޑު އެއްބަދާ ދެ ބެއިންނެވެ. އީޝާ ޑިއޯލް އާއި އަހްނާ ޑިއޯލް އަކީ ސަނީ އަދި ބޮބީގެ ބައްޕަ ދަރްމެންދްރާއާއި ހެމާ މާލިމީއަށް ލިބިފައިވާ ކުއްޖެކެވެ.
އީޝާ ވަނީ އާއިލާ އާއި ރައްޓެހިންނަށް ފިލްމުގެ ހާއްސަ ސްކްރީނިންއެއް ހޯސްޓްކޮށް، ހަތަރު ބެއިން އެކުގައި މި ފެނުނީ މި ސްކްރީނިން ނިންމާލުމަށްފަހުއެވެ.
މިއީ ގިނަ ދުވަސްތަކެއް ފަހުން އާންމުކޮށް ހަތަރު ޑިއޯލް އެކުގައި ފެނުނު ފުރަތަމަ ފަހަރެވެ.
އެމީހުން ފޮޓޯތަކާއި ވީޑިއޯތަކަށް ޕޯޒް ކުރިއިރު، އެ އެންމެން ވެސް ފެންނަނީ އެކުގައި ވަރަށް އުފަލުން ތިބި މަންޒަރެވެ.
ދަރުމެންދްރާގެ ދަރިންކަމުގައިވާ ޑިއޯލްސް އަކީ ގާތް ގުޅުމެއް އޮންނަ އާއިލާއެއް ނަމަވެސް ގިނައިން އާންމުކޮށް އެކުގައި ނުފެނެއެވެ.
މިއީ ހާއްސަ މުނާސަބަތެކެވެ. އެ އެންމެން ވެސް ސަނީ އާއި "ގަދަރު 2" ގެ ކާމިޔާބީއާ މެދު ވަރަށް ފަޚުރުވެރިވާކަމަށް ބުނެފައެވެ.
ޑިއޯލްސް އެކުގައި ވަގުތު ހޭދަކޮށް، އެކަކު އަނެކަކަށް ސަޕޯޓް ކުރާތަން ފެނުމަކީ ގިނަބަޔަކަށް ވަރަށް އުފާވެރި ކަމެކެވެ. އެއީ ހުނަރުވެރި އާއިލާއަކަށްވެފައި ގިނަބަޔަކު ސަޕޯޓުކުރާ އާއިލާއަކަށް ވާތީއެވެ.
"ގަދަރު 2" އަކީ ޒަމާންތަކަކަށްފަހު ސަނީ ޑިއޯލް ކުޅެ މި މަހު ރިލީޒްކުރި ފިލްމެކެވެ. މި ފިލްމުން އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.