ads
ޗަލެއާ ޓީޒާގެ މަންޒަރެއް
ޝާހުރުކް ހާންގެ ލަވައިގެ ޓީޒާއާއެކު ފޭނުންގެ ފޯރި ގަދަވެއްޖެ
ޝާހްރުކް ހާން އޭނާގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ގެ ކުރިއަށް އޮތް ލަވަ ޗަލޭޔާގެ ޓީޒާއެއް ނެރެފިއެވެ.

ޓީޒާގައި ޝާހްރުކް ހާން އާއި ނަޔަންތަރާ ރޮމޭންޓިކް ސެޓިންގްއެއްގައި ފެނިގެންދާއިރު، ބެކްގްރައުންޑްގައި ޝާހްރުކް ހާން ލަވަ ކިޔާފައިވާއަޑުއިވެއެވެ. 

މި ޓީޒާއަށް ފޭނުންގެ ފަރާތުން ވަރަށް ވަރުގަދަ ރިއެކްޝަންތަކެއް ލިބިފައިވާއިރު، އެ ޓީޒާގެ ފުރިހަމަ ފުލް ލަވަ ބެލުމަށް އެމީހުން ތިބީ ފޯރިގަދަވެ ކެތް މަދުވެފައެވެ. 

"ޗަލޭޔާ" އަކީ އަނިރުދު ރަވިޗަންދަރު ތައްޔާރުކޮށްފައިވާ އަދި އަރިޖިތު ސިންގް ކިޔާފައިވާ ރޮމޭންޓިކް ލަވައެކެވެ. މި ލަވައިގެ ލިރިކްސް ލިޔެފައިވަނީ ޗަންދްރަބޯސް އެވެ. މި ލަވަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. 

"ޖަވާން" އަކީ ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ ބެނާގެ ދަށުން އެޓްލީ ޑައިރެކްޓްކޮށް، ޝާހުގެ އަންހެނުން ގައުރީ ހާން ޕްރޮޑިއުސްކުރާ އެކްޝަން ތްރިލާ ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ޝާހްރުކް ހާން، ނަޔަންތަރާ، ވިޖޭ ސެތޫޕަތީ، ސަންޔާ މަލްހޯތުރާ، ޕްރިޔާމަނީ، އަދި ސުނިލް ގްރޯވާއެވެ.

"ޖަވާން" ނެރޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް