ads
ޕެރޫ ރައްޔިތުން ސިފަކޮށްފައިވާ މީހުން ތިބޭނެކަމަށް ލަފާކުރެވޭގޮތް
ޕެރޫގެ ރަށަކަށް އަރައި އިންސާނުންގެ މޫނުކާ ބަޔަކު އުޅޭ ވާހަކައިގެ ހަގީގަތް
ޕެރޫގެ އެމެޒޯނިއާގެ ދުރު އަވަށެއް ކަމަށްވާ ސަން ޖުއާން ޑެ ލާ ފްރޮންޓެރާގެ އަވަށެއްގައި ދިރިއުޅޭ ބަޔަކުވަނީ އެމީހުންނަށް އިންސާނުންގެ މޫނު ކާ 7 ފޫޓުގެ އުދުހޭ ބަޔަކު ފެނުނުކަމަށް ބުނެ ބައެއް ނޫސްތަކަށް މިދިޔަ ހަފްތާގައި މައުލޫމަތު ދީފައެވެ.
Advertisement

އެމީހުން ސިފަކޮށްފައިވާގޮތުން އެ މީހުންނަކީ ދިއްލާފައިވާ ލޮލެއް ހުރި ހަތް ފޫޓު އިސްކޮޅުން އުދުހޭ އޭލިއަނުން ތަކެއްފަދަ ބައެކެވެ. 

ނަން ނުޖެހުމަށް އެދި ލޯކަލް މީޑިއަކާ ވާހަކަ ދެއްކި އެ ރަށުގެ ރައްޔިތުން ބުނީ އެ އެމީހުންނަށް ހަމަލާދިނީ ރޭގަނޑު ދަންވަރު ނިދާފައި ތިއްބާ ކަމަށެވެ. އެމީހުން ސިފަކުރި ގޮތުގައި އެ އޭލިއަނުންނަކީ އިސްކޮޅުން ދިގު، ތުނި، ބޮޑެތި ބޮލާއި، ދިއްލާފައިވާ ރަތް ދެލޮލުގެ ވެރިބައެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޭލިއަނުން އުދުހިގެން ގޮސް ރަށުގެ މީހުންގެ ގެތަކުގެ ފުރާޅު މައްޗަށް ޖައްސާފައިވެ އެވެ. އެއަށްފަހު ގެތަކަށް ވަދެ ނިދާފައި ތިބި ރަށުގެ ރައްޔިތުންނަށް ހަމަލާދީ ބައެއް މީހުންގެ މޫނުގައި ދަތްއަޅައި ހެދިއެވެ. އެ ރަށުގެ ރައްޔިތުން ބުނީ އޭލިއަނުންނާ ދެކޮޅަށް ހަނގުރާމަކޮށް ފިލައިގެން ދިޔަ ނަމަވެސް އެމީހުންގެ ދެ ރަހުމަތްތެރިން މަރުވެފައިވާ ކަމަށެވެ.

އެ ރަށުގެ ރައްޔިތުންގެ ވާހަކަތަކަށް އެއްވެސް މިނިވަން ހެއްކެއް ސާބިތުކޮށްދީފައި ނުވާއިރު، އޭލިއަނުން އުޅޭ ކަމަށް ބުނާ ސައިންޓިފިކް ހެއްކެއް ވެސް ނެތެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ ވާހަކައަށް ގިނަ ބައެއްގެ ޝައުގުވެރިކަމާއި ޝައްކުތައް ފެތުރިފައިވާއިރު، އެ ވާހަކަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ވަނީ ކަވަރުކޮށްފައެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ޕެރޫއަށް ޒިޔާރަތްކޮށް ރަށުގެ މީހުންގެ މޫނު ކާލާފައިވާ ވާހަކަ ދޫކޮށްލާފައި، ހަތް ފޫޓު ދިގު، ވިދާ ލޮލެއް ހުރި އުދުހޭ އޭލިއަނުން އުޅޭ ކަމަށް ބުނާ ބުނުމަށް ތާއީދުކުރާ ގަބޫލުކުރެވޭ ހެއްކެއް ނެތެވެ. 

މިސާލަކަށް ރަށުގެ ރައްޔިތުން ފުރަތަމަ ބުނި ގޮތުގައި ބިދޭސީންގެ އިސްކޮޅުގައި 10 ފޫޓު ހުރި ނަމަވެސް ފަހުން ވަނީ އެމީހުންގެ އަންދާޒާ އިސްލާހުކޮށް 7 ފޫޓު އުސްމިނަށް ބަދަލުކޮށްފައެވެ. އަދި އެ އޭލިއަނުންގެ ހަންގަނޑު ފެހި ކަމަށް ބުނި ނަމަވެސް ފަހުން އެމީހުންގެ ވާހަކަ ބަދަލުކޮށް އޭލިއަނުންނަކީ އަޅި ކުލަ ކަމަށް ބުނެއެވެ. މީގެ އިތުރުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގެ ތެރޭގައި ރަށުގެ މީހުންގެ ވާހަކައަށް އެތައް ފަހަރަކު ބަދަލު އައިސްފައިވެއެވެ.

ރަށުގެ މީހުންގެ ވާހަކައަކީ އޮޅުވާލުމެއް ނުވަތަ އޮޅިފައިވާ މައްސަލައަކަށް ވުމަކީ މާ ގާތް ކަމެކެވެ. އެ ރަށުގެ މީހުން ދިރިއުޅެނީ އެމެޒޯން ކޯރުގެ ދުރު ސަރަހައްދެއްގައެވެ. އެމީހުންނަށް ދިމާވީ އޭލިއަނުންކަމަށް ބުނި ނަމަވެސް އެއީ ވަލު ޖަނަވާރުންތަކެއްގެ ހަމަލާއަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. 

އެ ރަށުގެ ރައްޔިތުން ސަމާލުކަން ހޯދުމަށް އެވާހަކަ އަކީ ހަދައިގެން ދައްކާ ވާހަކައަކަށްވެސް ވެދާނެއެވެ. 

މި މައްސަލައިގައި ސުވާލުތަކެއް އުފެދިފައިވާއިރު، ޕެރޭ ފުލުހުން ވެސް ވަނީ ތަހުގީގު ފަށާފައެވެ. ފުލުހުން ބުނެފައިވަނީ މިއީ ގަވާއިދާ ހިލާފަށް ރަން ފަދަ ތަކެތި ކޮންނަ ބަޔަކު އެރަށުގެ މީހުން ބިރު ގެންނެވުމަށް ކުރި ކަމަކަށްވުމަކީވެސް އެކަށީގެންވާކަމެކެވެ. ނަަމަވެސް ފުލުހުންނަށް ވެސް ސީދާ ޖަވާބެއް އަދި ނުދެވެއެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް