ދުންޔާ މިހެން ވިދާޅުވެފައިވަނީ ސީއެންއެމްޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުންޔާ ވިދާޅުވީ ކޮންމެ ކަމަކަށްވެސް ހޮވަންވާނީ އެކަމަށް އެކަށީގެންވާ ފަރާތެއް ކަމަށާއި، އަދި ކަމަށް ގާބިލް ހުންރުވެރި މީހެއް ކަމަށެވެ. އަދި ހުނަރުތައް ހުރި ތައުލީމީ ގާބިލް މީހެއް ކަމަށްވެސް ވިދާޅުވިއެވެ.
މީހަކު މިނެ ކިރާއިރު އެމީހެއްގެ މާޒީ ވެސް ބަލަންޖެހޭނެ ކަމަށާއި، އެމީހަކު މަސައްކަތްވެސް ކޮށްފައިވާ ގޮތަށްވެސް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ ކަންކަމުގައި މަސައްކަތް ކޮށްފައި ހުރީ އިޙްލާސްތެރި ކަމާއި އެކުގައިތޯވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
އެހެނެކަމުން ރައީސުލްޖުމްހޫރިއްގެ މަގާމަށް އެންމެ އެކޭނެ ބޭފުޅަކީ ނާޒިމް ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.