ads
މީގެ ކުރިންވެސް ކައުންޓަ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ސިފައިން ހިންގާފައިވޭ
ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ދަނީ
ފުލުހުންގެ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިގޮތުން ތިން ސަރަހައްދެއް ބަލައި ފާސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއްވެ. 

"2017 ވަނަ އަހަރުގެ ފަހުކޮޅު  4 ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެދައުލަތަކުންކޮށްފައިވާ ތަޙްޤީޤުން ހާމަވެފައިވާތީއެގައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި 3 ތަނެއް މިއަދު ވަނީ ބަލާފާސްކުރެވިފައި. 3 މީހުންގެ ޑިޖިޓަލް ޑިވައިސްތައް ތަޙްޤީޤު ބޭނުމަށް ހިފެހެއްޓިފައިވޭ،" ފުލުހުން މިރޭ ބުންޏެވެ. 

މިމައްސަލަ ފުލުހުން އިތުރަށް ދަނީ ތަހްޤީގުކުރަމުން ކަމަށް ބުނެފައިވެއެވެ. މިމައްސަލައިގައި މައުލޫމާތު ފޯރުކޮށްދީފައިވާ ގައުމުތަކުގެ ތަޙްޤިޤަށް ބޭނުންވާ އެހީތެރިކަން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ދަނީ ފޯރުކޮށްދެމުން ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފަށާފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ޓެރަރިސްޓު ސެލްތަކުގެ ލީޑަރުންނާއި އެ ސެލްތަކަށް އެހީތެރިވާ މީހުންނާއި ކޮމްޕެނީތަކުގެ ލިސްޓެއްވެސް ދާދިފަހުން އެމެރިކާއިން ވަނީ ނެރެފައެވެ. އަދި އެމީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެ ގައުމުން ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް