ads
ފުލުހުން:
4 ދިވެއްސަކު އަވަށްޓެރި ގައުމަކަށް ހަމަލާ ދޭން ރޭވި: ފުލުހުން
އަވަށްޓެރި ގައުމަކަށް ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ފަންޑުކުރި 4 ދިވެއްސެއްގެ ޑިޖިޓަލް ޑިވައިސްތައް ފުލުހުން ހިފަހައްޓައިފިއެވެ.

މިހެން ފުލުހުން ބުނީ މިއަދު މީޑިއާތަކަށް އާންމުކުރި މެސެޖެއްގައެވެ. 

ފުލުހުން ބުނީ އެ ހަމަލާ ދޭން ރާވާފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުކަމަށެވެ. 

"2017 ވަނަ އަހަރުގެ ފަހުކޮޅު  4 ދިވެއްސަކު ރާއްޖެއާއި އަވަށްޓެރި ގައުމެއްގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވައި، ރާއްޖެއިން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ ޓެރަރިޒަމް އަމަލެއް ހިންގުމަށް އެހީތެރިކަން ފޯރކޮށްދީފައިވާކަމުގެ ހެކި އެކުވެރި ދެދައުލަތަކުންކޮށްފައިވާ ތަޙްޤީޤުން ހާމަވެފައިވާތީއެގައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ފޯރުކޮށްދީފައިވާ މައުލޫމާތާއި ހެކީގެ އަލީގައި 3 ތަނެއް މިއަދު ވަނީ ބަލާފާސްކުރެވިފައި. 3 މީހުންގެ ޑިޖިޓަލް ޑިވައިސްތައް ތަޙްޤީޤު ބޭނުމަށް ހިފެހެއްޓިފައިވޭ،" ފުލުހުން މިރޭ ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ބޭރުގައުމުތަކުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ފުލުހުން އަންނަނީ ފޯރުކޮށްދެމުންނެވެ. 

މިރޭ ފުލުހުން ވަނީ ތިން ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް