
މިއަދު އީސަ ބުނެފައިވަނީ، ޑިމޮކްރެޓުން ވަކިވާން މި އޮގަސްޓު މަހުގެ 1 ވަނަ ދުވަހު އެދުނު ކަމަށެވެ. ނަމަވެސް އަދިވެސް އޭނާ އެ ޕާޓީގެ ދަފްތަރުގައި އޮތްކަމަށެވެ.
އީސަ އަކީ ޑިމޮކްރެޓްސް އުފެއްދިއިރު އެ ޕާޓީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ފަންނާނެކެވެ. ދިމޮކްރެޓުންގެ ފުރަތަމަ ލަވަވެސް ކިޔާދީފައި އޮތީ އީސައެވެ.
އީސަ ދަ ޑިމޮކްރެޓުން ވަކިވާން ނިންމާފައިވާއިރު، މިއަދު އޭނާވަނީ ޑިމޮކްރެޓުންގެ ރަނިންމޭޓު ހުސެން އަމްރުއަށް ވެސް ފާޑު ކިޔާފައެވެ. އެގޮތުން އީސަ ބުނެފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައިގައި ޖަލުގައި އެކުގައި އުޅުނު އަމްރުއަށް ރިޕޯޓު ފޮނުވުމުން މިއަދާހަމައަށްވެސް އެ ރިޕޯޓު ބަލާވެސް ނުލަކަމަށެވެ.
އީސަ މިހާރު ގެންދަނީ އެމްޑީޕީގެ ޕޯސްޓުތައް ވެސް ރީ ޓުވީޓުކުރަމުންނެވެ. އަދި އެނާ އެމްޑީޕީއާ ގުޅުނުކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.