އަދުރޭ މިހެން އެދިލެއްވީ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ހޯދުމަށް ހއ ހޯރަފުށީގައި ބޭއްވި ޖަލްސާގައެވެ.
"ކަޅުއޮއްފުންމި" އަކީ މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެއާށް ޕޯޗުގީޒުންގެ އަޅުވެތިކަމުން ސަލާމަތްކުރުމަށް ރާއްޖޭގަދި ދަތުރުކުރެއްވި އޮޑިކޮޅުގެ ނަމެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ވެރިކަމަށް އަންނަގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޕާސްޕޯޓު ހިފަހައްޓައި އިދިކޮޅުގެ ދައުރު ނިމެންދެން ރައީސް ސާލިހު ޖަލަށްލާނެކަމަށެވެ.
މީގެ އިތުރުން އަދުރޭ ވަނީ ރައީސް އަބްދުﷲ ޔާމިން ޖަލުން ނެރެވޭނީ ޑރ. މުއިއްޒު ވެރިކަމަށް ގެނެސްގެން ކަމަށް ވެސް ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުން މިވަގުތު ކެމްޕޭނު ކުރަމުން އަންނަނީ ހއ އަތޮޅުގައެވެ. ހޯރަ ފުއްޓަށްފަހު ދެން ދަނީ އުތީމަށެވެ.