ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
މޭރީގެ މަރު: މޭރީ މަރުވީ ގެނބިގެން ކަމަށް މާވިން ބުނި: ހެކިވެރިއެއް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތް ކުރި ބިދޭސީ ނަރުސް، މޭރީ ގްރޭސް ޕިނޭޑާގެ މަރާ ގުޅޭ ގޮތުން މުޅިން އެހެން ވާހަކައެއް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ހާމަ ވެއްޖެއެވެ.
Advertisement

ބިދޭސީ ނަރުސް އަންހެން ކުއްޖާގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި މިއަދު ކޯޓުގައި ހެކިބަސް ދެމުން މޭރީއާއެކު ހޮސްޕިޓަލުގައި މަސައްކަތް ކުރި އެހެން ނަރުސް ކުއްޖަކު ބުނީ، މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ފަހުން އޭނާ މަރުވީ ގެނބިގެން ކަމަށް އޭނާގެ ފިރިމީހާ މާވިން ވާގަސް ބުނި ކަމަށެވެ. އެކަމަކު މާވިންގެ ވާހަކަ ފަހުން ބަދަލުކޮށް، މޭރީ މަރުވީ ދަން ޖެހިގެން ކަމަށް ބުންޏެވެ.

މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް، އޭނާ މަރުވީ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލުމުން ކަމަށް މޭރީގެ އޮޓޮޕްސީ ރިޕޯޓުން ދައްކަ އެވެ. މޭރީގެ މަރުގެ މައްސަލައިގައި މާވިން އަދި މާވިންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި ޝަރީއަތުގައި މިއަދު ދެ މީހެއްގެ ހެކިބަސް ނެގިއެވެ. އެއީ މޭރީއާއެކު މަސައްކަތް ކުރި ދެ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިއިރު، ޑިއުޓީގައި ހުރި ނަރުހަކު ހެކިބަސް ދެމުން ބުނީ، މޭރީ ހޮސްޕިޓަލަށް ގެނައިއިރު، ވިންދެއް ނެތް ކަމަށާއި ވަގުތުން އިމަޖެންސީގައި ސީޕީއާރް ދޭން ފެށި ކަމަށެވެ. 

އޭނާ ކިޔައިދިން ގޮތުގައި މޭރީގެ މޫނުމައްޗާއި އަތްތިލައިގެ ތަންތަންގަނޑު ނޫކުލަ އަރާފައި ކަޅުވެފައި ހުއްޓެވެ. އޭނާ އިތުރަށް ކިޔައިދިން ގޮތުގައި މޭރީ މަރުވީ ގެނބިގެން ކަމަށް މާވިން އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ބުންޏެވެ. އަދި މޭރީ ވެސް މާވިން ވެސް ހުރީ ތެމިފައިކަން ހެކިބަސް ދެމުން އޭނާ ފާހަގަ ކުރިއެވެ. މިއީ މީގެ ކުރިން އަދި ހާމަ ނުވާ، މުޅިން އާ ވާހަކައެވެ.

ދެން މިއަދު ހެކިބަސް ދިނީ، ކުރިން އައިޖީއެމްއެޗްގައި މަސައްކަތް ކުރުމަށް ފަހު މިހާރު އެހެން ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ނަރުހެކެވެ. އެ ނަރުސް އޮންލައިންކޮށް ހެކިބަސް ދެމުން ބުނީ، އެ ދުވަހު މޭރީ ބްރޭކަށް ދިޔުމަށްފަހު ގަޑިއަށް އަނބުރާ ނައުމުން ނަރުހުންގެ ޝިފްޓް އިންޗާޖު އެކަމާ ސުވާލު ކުރި ކަމަށެވެ. 

އޭނާ ބުނި ގޮތުގައި، މޭރީ ބްރޭކަށް ދިޔައީ 12:00 ހާއިރު އެވެ. 30 މިނެޓު ފަހުން އަނެއްކާ ވެސް މަސައްކަތަށް ނުކުންނަން ޖެހޭއިރު، އޭނާ ހޯދީ އޭނާ ނައިސްގެން އެހެން ނަރުހުންނަށް ބްރޭކަށް ނުދެވުމުންނެވެ. އޭރު އޭނާ ނައި ސަބަބެއް ނޭނގޭ ކަމަށާއި އޭނާ ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ މައުލުމާތު ލިބުނީ 1:00 ހާއިރު ކަމަށް އެނާ ކިޔައިދިނެވެ. އަދި މަރުވި ކަމުގެ ހަބަރު ލިބުނީ 2:00 ހާއިރު ކަމަށް ބުންޏެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް