މިގޮތުން މި އިންތިޒާމަކީ ހޮލޯގްރާމް މެދުވެރިކޮށް، ކަނޑުއަޑީގެ ރީތިކަން ބަލާލެވޭނެ އިންތިޒާމެކެވެ.
އެގޮތުން ކަނޑުއަޑީގައި އުޅޭ މަންޓާރޭ، ކަނޑުއަސް، ބޯވަ، އަދި ބޮޑު މަސް ފަދަ ތަކެތި މި ސެންޓަރުން ބަލާލުމުގެ ފުުރުސަރުލިބެއެވެ. އެތަކެތި ބަލަން ވަންނަ މީހުންނަށް ހީވަނީ ހަމަ އެތަކެއްޗާއެކު މޫދުގައި ފަތާފައި އުޅެވޭހެންނެވެ.
ލަނޑާގިރާވަރުގައި ހުންނަ މި ސެންޓަރަކީ ބ އަތޮޅުގެ ބަޔޮސްފިޔާ ރިޒާވްގައި ޑައިވްކުރެވޭ އިހްސާސް ކުރެވޭގޮތަށް ތައްޔާރުކޮށްފައިވާތަނެކެވެ.
އެ ރިސޯޓުގެ މެރިން ޑިސްކަވަރީ ސެންޓަރުގައި ކޮންމެ ދުވަހަކު ދެ ސެޝަން ބާއްވައެވެ. ކޮންމެ ސެޝަނެއް 30 މިނެޓާއި 45 މިނެޓާ ދެމެދުގެ ދިގުމިނިކަށް ދެމިގެންދެއެވެ.
ކަނޑުއަޑީގެ ރީތިކަން ބަލާލުމުގެ ފުރުސަތު އެ ރިސޯޓުގައި ތިބޭ ހުރިހާ އުމުރެއްގެ ގެސްޓުންނަށްވެސް އޮންނާނެއެވެ.