މީގެ ހަފްތާއެއް ކުރިންވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރިއެވެ. އަދި މާލެ ސަރަހައްދަށް އެރި އުދައިގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެސް ލިބުނެވެ.
ރާއްޖޭގެ ބައެއް ހިސާބުތަކަށް އެއިރު ރާޅު ބާނީގެ އުސްމިން 6-8 ފޫޓާއި ދެމެދު އުފުލިގެން ދިއުމުން ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާ ކޮށްފައި ވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ. އަދި ރާޅުގެ އުސްމިން 2-5 ފޫޓަށް އުފުލޭނެ ކަމަށްވެސް ބުނެފައިވެއެވެ.