ads
އަކްޝޭ ކުމާރު، އޭނާއަށް ވަނީ މިހާރު އިންޑިއާގެ ރަށްވެހިކަން ދީފައި---
އަކްޝޭއަށް އިންޑިއާގެ ރަށްވެހިކަން ދީފި
ބޮލީވުޑްގެ މަޝްހޫރު ބަތަލު އަދި ޕްރޮޑިއުސަރު އަކްޝޭ ކުމާރަށް އިންޑިއާގެ ރަށްވެހިކަން ދީފިއެވެ.
Advertisement

ފިލުމު ކުޅުމުގެ ދާއިރާގައި 30 އަށް ވުރެ ގިނަ އަހަރު ހޭދަކޮށްފައިވާ އަކްޝޭ ކުމާރު މިހާތަނާ ޖެހެންދެން ހުރީ ކެނެޑާ ރައްޔިތެއްގެ ގޮތުގައެވެ. އަކްޝޭ އިންޑިއާގެ ރަށްވެހި ކަމަށް އެދިފައިވަނީ 2019 ވަނަ އަހަރުއެވެ. 

މިއަދު ފާހަގަ ކުރަމުންދާ އިންޑިއާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަކްޝޭ އޭނާގެ ސަޕޯޓަރުންނާއި ފޮލޯވަރުންނަށް ފޮނުވާފައިވަނީ އޭނާއަށް އިންޑިއާގެ ރަށްވެހިކަން ލިބުނު ކަމުގެ އުފާވެރި ހަބަރާއެކުއެވެ. "އެކްސް" މެދުވެރިކޮށް އަކްޝޭ މިއަދު ބުނެފައިވަނީ އޭނާއަކީ ހިތުންނާއި ރަށްވެހިކަމުން ވެސް އިންޑިއާ މީހެއް ކަމަށެވެ.

ބޮލީވުޑްގެ އެތައް އެވޯޑުތަކެއް ހާސިލުކޮށްފައިވާ އަކްޝޭ ކުމާރުވަނީ އިންޑިއާގެ ހަތަރު ވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ ޕަދްމާ ޝްރީ އެވޯޑު ވެސް ހާސިލުކޮށްފައެވެ. 

1991 ވަނަ އަހަރު ފިލްމު ސައުގާންދު އިން ބޮލީވުޑަށް ތައާރަފުވެފައިވާ އަކްޝޭ ކުމާރުވަނީ ވޭތުވެ ދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ފިލުމުގައި އެކްޓުކޮށްފައެވެ. 

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭ އަކްޝޭއަކީ މާޝަލް އާޓްސްގެ އެކި ދާއިރާތަކުން ތަމްރީނު ހޯދާފައިވާ ކުޅަދާނަ އެކްޓަރެކެވެ. 

13%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް