
ރަންރިހިން ބުނެފައިވަނީ ރަންރިހި ޖުވެލަރީގެ ޝޯރޫމް ހުންނާނީ ރެހެންދި ސްކޫލް ކައިރީގައި، ކުދިމާ ހިނގުމުގައި ކަމަށެވެ.
ރަންރިހި ޖުވެލަރީގެ ޝޯރޫމް ހުޅުވުން ފާހަގަކުރުމުގެ ގޮތުން ރަންރިހިން ވަނީ އޯޕެނިން ޕްރޮމޯޝަނެއް ފަށާފައެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ ޝޯރޫމުން ކުރާ 1،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހަދިޔާއެއް ދިނުމަށް ވަނީ ނިންމާފައެވެ. ރަންރިހިން ދޭ ހަދިޔާތަކުގެ ތެރޭގަައި ޕްލޮރައިޒްޑް އަވިއައިނު، ސެންޓުފުޅީގެ އިތުރުން ގަޑި ހިމެނެއެވެ.
ރަންރިހިއަކީ ރަނާއި ރިހީގެ ޖުވެލަރީތަކަށް ހާއްސަ ރާއްޖޭގެ ޖުވެލަރީ ބްރޭންޑްއެކެވެ. ރާއްޖޭގައި ފަރުމާކޮށްފައިވާ ޖަވާހިރު ވިއްކުމާއި ޒަމާނީ ޖަވާހިރު ޑިޒައިންތައް ވިއްކުމުގައި ރަންރިއްސަކީ މަޝްހޫރު ތަނެކެވެ.
އާންމުންގެ މެދުގައި ރަންރިހީގެ މަގުބޫލުކަން އިތުރުވެފައިވަނީ މޫންސްޓޯން، ބްލެކް ރޫޓިލެޓެޑް ކުއާޓްސް، މޮސް އެގޭޓްފަދަ ޒަމާނީ ޖަވާހިރުތައް ތައާރަފުކޮށްފައިވާތީއެވެ. ރަންރިހިން ބުނީ ހުޅުވުނު ޖުވެލަރީ ޝޯރޫމާ އެކު، ސްޓޯން ޗެކްކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ރަންރިހިން ބުނި ގޮތުގައި ފިހާރައަށް ފެޝަން ޖުވެލަރީ ތައާރަފުކުރެވިފައިވާ ކަމަށާއި އެތަނުން ހެޔޮއަގުގައި އެކި ބާވަތްތަކުގެ ޖުވެލަރީ ލިބޭނެ ކަމުގައެވެ. އެތަކެއްޗަކީ ކޮންމެ މުނާސަބަތަކާ ގުޅުވާލައިގެންވެސް އަޅާލެވޭނެ ތަކެއްޗަށްވާނެ ކަމަށް ރަންރިހިން ބުނެއެވެ.