ads
ސްޕެއިން ކުޅުންތެރިން އުފާ ފާޅުކުރަނީ
ފުރަތަމަ ފަހަރަށް ސްޕެއިން ފައިނަލަށް
އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިނުން ކަށަވަރުކޮށްފިއެވެ.

މިއީ ސްޕެއިނުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން، ގިނަ މައްސަލަތަކާއެކު މިފަހަރުގެ މުބާރާތާއި ކުރިމަތިލި ސްޕެއިން ޓީމުން ވަނީ މެޗަށްފަހު ވަރަށް ބޮޑަށް އުފާ ފާޅުކޮށްފައެވެ. 

މުބާރާތުގެ ސެމީ ފައިނަލުގައި ސްޕެއިނުން ވާދަކުރީ ސްވިޑެންއާއެވެ. ވާދަވެރި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގެ ބޮޑުބައިވެސް ނިމުނީ ލަނޑެއް ނުފެނިއެވެ. ސްޕެއިނުން މެޗުގައި ލީޑު ނެގީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ނަގައިދިނީ ސަލްމާ ސެލެސްޓޭއެވެ. 

ނަމަވެސް އޭގެ ހަމިނެޓު ފަހުން ސްވިޑެންގެ ރެބޭކާ ވަނީ ލަނޑެއްޖަހާ އުންމީދު އާކޮށްފައެވެ. ސްޕެއިން މޮޅުވީ މެޗުގެ ފަހުވަގުތު އޮލްގާ ސެރެމޯނާ ޖެހި ލަނޑުންނެވެ. އެޓީމަށް ކުރި ލިބުނީ 2-1 ގެ ނަތީޖާއަކުންނެވެ. 

މުބާރާތުގެ ފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭ ޓީމު އަދި ޔަގީން ނުވެއެވެ. ފައިނަލުގައި އެޓީމު ވާދަކުރާނީ އޮސްޓްރޭލިއާ އާއި އިންގްލެންޑު ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކާއެވެ. މި ސެމީ ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 3 ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް