ads
ކްލަބު އީގަލްސްގެ ކުޅުންތެރިން
އޭއެފްސީ ކަޕް ކޮލިފައިންގައި އީގަލްސް ކުޅޭ މެޗު މިއަދު
އޭއެފްސީ ކަޕް ޕްރިލިމިނަރީ ދެވަނަ ބުރުގައި ކްލަބު އީގަލްސްއާ ބަންގްލަދޭޝްގެ އަބަހާނީއާ ކުޅޭ މެޗު ބަންގްލަދޭޝްގައި މިއަދު އޮންނާނެއެވެ.
Advertisement

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އީގަލްސްއާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ކުޅޭ މެޗު އޮންނާނީ ކުޅެން ފަށާނީ މިއަދު ރާއްޖޭ ގަޑިން 2:15 ގައެވެ. އީގަލްސްއާ އާ އަބަހާނީ ކުޅެގެން މޮޅުވާ ބަޔަކު ވާދަކުރާނީ މޯހަން ބަގާންއާ ނޭޕާލްގެ މަޗިންދުރާ ޔުނައިޓެޑު މެޗުން މޮޅުވާ ބަޔަކާއެވެ. އެއީ ޕްލޭ އޮފް މެޗެވެ. އެ މެޗުން މޮޅުވާ ބަޔަކަށް އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. ނޭޕާލްގެ މަޗިންދުރާ ޔުނައިޓެޑު އިއްޔެވަނީ ޕްރިލިމިނަރީ ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށްފައެވެ.

މި މެޗު ކުޅުމަށް ކްލަބު އީގަލްސް ޓީމު ބަންގްލަދޭޝްއަށް ފުރުމުގެ ކުރިން، އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް ބުނީ، މިއީ ބަހަނާ ނުދައްކައި މޮޅުވާން ޖެހޭ ވަގުތު ކަމަށެވެ.

"މިއީ ބަހަނާއެއް ދެއްކޭނެ ވަގުތެއް ނޫން. ދައްކައިގެން ފަރުވެއްނުއެއް ޖެއްސޭނެ. ކޮންމެ ގޮތެއް ވިޔަސް މޮޅުވާން މި ޖެހެނީ އަނެއް ބުރަށް ދާން ކަމަށް ވެއްޖިއްޔާ. ﷲ އިރާދަކުރެއްވިއްޔާ ކުޅުންތެރިންނާ މެދު ވަރަށް އިތުބާރު އެބައޮތް، ތައްޔާރުވުމާ މެދު ވަރަށް ހިތްހަމަ ޖެހޭ،"

މިއީ ކްލަބް އީގަލްސް އިން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާ ދެ ވަނަ ފަހަރެވެ. ކުރިން އީގަލްސް އޭއެފްސީ ކޮލިފައިންގައި ވާދަކުރި ފަހަރު ޕްލޭއޮފްގައި ބަލިވީ ބެންގަލޫރު އަތުންނެވެ. 2021 ގައި އީގަލްސް އިން ޓީމުން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މޮޅުވި އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އީގަލްސް އިން ކުޅެން ޖެހުނީ ބަންގްލަދޭޝްގެ އަބަހާނީއާ އެވެ. އެ ފަހަރު، އަބަހާނީ އަށް އެ ގައުމުގައި މެޗު ކުޅެވޭގޮތް ނުވެ، ދަތުރުކުރުމުގައި ވެސް ދަތިވެފައިވާތީވެ، އެ މެޗު އީގަލްސް އަށް ލިބި ޕްލޭއޮފަށް ދަތުރުކުރީ އެވެ.

ގްރޫޕް ސްޓޭޖުން މިހާތަނަށް ފުރުސަތު ހޯދާފައިވަނީ އިންޑިޔާއިން އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ. އެކަަމަކު ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބަޝަންދުރާ ކުޅެންޖެހޭތީ، ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިތުރު ޓީމެއް އޮންނާނެއެވެ. އެ ޓީމަށް ފުރުސަތު ލިބޭނީ ބަޝަންދުރާ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް