އެމްޓީސީސީން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R5 ރޫޓުގެ ޝެޑިއުލް ދަތުރުތައް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 10:30 ގެ ނިޔަލަށް ކަމަށެވެ.
ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން އެ ރޫޓަށް ދެ ބަސް ހުއްޓިއެއް އިތުރުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި އޮރެންޖް ހިޔާ ކައިރީގައި ބަސް ހުއްޓި ގާއިމުކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެ ފިޔަވަހި އެކެއްގެ އެތެރޭގެ ބަހުގެ ރޫޓަށް ދެ ބަސް ހުއްޓި އިތުރުކޮށް، ރޫޓުގެ ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ ގަޑިއަށް ގެނެސްފައިވާ ބަދަލާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން އެދެއެވެ.