ޝާހިދު މިހެން ވިދާޅުވީ ރޭ ސޯސަން ޖަގަހައިގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ޕީޕީއެމް ވެރިކަމެއްގައި ހއ އަދި ހދ ހިމެނޭ "ބޮޑު ތިލަދުން މައްޗަށް" ލިބޭނެ އެއްވެސް މޮޅެއް ނެތްކަމަށެވެ.
ޕީޕީއެމުން ބޮޑުތިލަދުންމަތީގެ ތަރައްގީއަށް ކަންތައްތައް ނުކޮދޭކަން ފާހަގަކުރައްވައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވާފައިވާއިރު، ޕީޕީއެމްގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ހއ އަތޮޅަށް ކެމްޕޭނު ދަތުރުތަކެއް ކުރައްވަމުންނެވެ.
އެ ދަތުރުތަކުގައި ހއ އަތޮޅުގެ ބައެއް ރަށްރަށުން އަންނަނީ މުއިއްޒު އާއި ދެކޮޅަށް މުޒާހަރާކޮށް، އެ ރަށްރަށް މުއިއްޒު ނޭރުމަށް ގޮވާލަމުންނެވެ. މިގޮތުން ހއ ކެލާގައިވެސް އިއްޔެ ވަނީ ވަަރަށް ހޫނުކޮށް މުއިއްޒުއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.