ސަލީމް މިހެން ވިދާޅުވީ ސީއެންމެގެ ޓިވީގެ ރިޔާސި ރޭސް 2023 ގައި ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ މިއަދު ގައުމު އޮތް ހާލަތުން ގައުމަށް ބޭނުންވަނީ ހާލަތު ބަދަލުކުރެވޭނެ ވެރިއެއް ކަމަށާއި، އެއީ އުމަރު ނަސީރު ކަމަށެވެ. މިއަދު މި ގައުމު އޮތް ހާލަތު މިގޮތަށް ދޫ ވެއްޖެނަމަ ގައުމު 20 ވަރަކަށް އަހަރުފަހުން ފެންނާނީ މެކްސިކޯގެ ދަރަޖައިގައި ކަމަށެވެ.
ސަލީމް ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ބިންހިއްކާފައިވާއިރު، އެ ރަށްރަށުގެ ކައުންސިލް ތަކުން އެކަމަށް މާބޮޑު އަޅާލުމެއް ދެއްވާފައި ނުވާ ކަމަށެވެ. އެއީ ކުރީ ސަރުކާރުން ބިއްކާފައިވާތީ ނުދޭންވެގެން ނުދީ ބަހައްޓަނީ ކަމަަށެވެ.
އަދި މާލެ ސަރައްދުގައިވެސް އެކަންތައް އޮތީ އެގޮތަށް ކަމަށާއި، އެ ކަންތައްވެސް ހައްލު ކުރެވޭނީ އުމަރަށް ކަމަށެވެ.